Last Updated:
1 decade 4 year ago

ކާށިދޫ ދާއިރާ ޖާބިރަށް، ތިމަރަފުށީ ދާއިރާ ޝަރީފަށް

    ބުލޮގު ޚުލާސާ
    ހދ. ކުމުންދޫ އާއި ތ. ގާދިއްފުށީގެ ބައި އިލެކްޝަންތަކުގެ ވޯޓްލުންވެސް މިއަދު ވަނީ ފަށައިފަ އެވެ.

    *** ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކާށިދޫ ދާއިރާ އާއި ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަންގައި މިއަދު ހެނދުނު 8:00 ޖެހުމާއެކު ވޯޓުލާން ފަށައިފި އެވެ.

    22:01

    އިލެކްޝަންގެ ވަގުތީ ރަސްމީ ނަތީޖާ - ތިމަރަފުށީ ދާއިރާ:

    މުހައްމަދު މުސްތޮފާ: 1327
    އަހުމަދު ޝަރީފު އާދަމް: 1756
    އަބްދުއް ރަޝީދު އަބްދުﷲ: 3

    ބާތިލު ވޯޓް: 35
    ވޯޓްލީ މީހުންގެ ޖުމްލަ: 3121

    21:58

    އިލެކްޝަންގެ ވަގުތީ ރަސްމީ ނަތީޖާ - ކާށިދޫ ދާއިރާ:

    އަބްދުﷲ ޖާބިރު: 1107
    މުހައްމަދު އަފީފު: 07
    މުހައްމަދު ވަހީދު އިބްރާހިމް: 06
    އަހުމަދު ހަލީމް: 919

    ބާތިލު ވޯޓް: 21
    ވޯޓްލީ މީހުންގެ ޖުމްލަ: 2060

    21:50

    ބައި އިލެކްޝަން ތަކުގެ ވަގުތީ ރަސްމީ ނަތީޖާ ދެންމެ އިލެކްޝަންސް އިން އިއުލާންކޮށްފި. ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ މައްސަލަ ދިމާނުވާ ކަމަށް.

    20:03

    ގާދިއްފުށި ރަށު ކައުންސިލްގެ ވަގުތީ ނަތީޖާ:

    ހުސައިން ޒިޔާއު (ޕީޕީއެމް) 98
    މުހައްމަދު އިރުޝާދު (އެމްޑީޕީ) 102.

    19:33ތިމަރަފުށިން

    ތިމަރަފުށީގައި ތިބި އިލެކްޝަންސް އޮފިޝަލުން ވޯޓް ފޮށިތައް ހިފައިގެން ވޭމަންޑުއަށް ފުރައިފި. ކޮމިޝަނުގެ އޮފިޝަލުން ވިދާޅުވީ ވޭމަންޑޫއަށް ބަދަލުވީ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ ތިމަރަފުށީގައި ހަމަނުޖެހުމެއް ހިނގާފާނެ ކަމުގެ އިޝާރާތެއް ލިބިގެން ފުރީ ކަމަށް. އަދި ތިމަރަފުށީ ފުލުހުން ދަނީ ފޯރިމަރަމުން
    19:19

    ހދ. ކުމުންދޫ ރަށު ކައުންސިލްގެ ވަގުތީ ނަތީޖާ:

    ޕީޕީއެމް؛ މުހަންމަދު ޝާފީ: 257
    އެމްޑީޕީ؛ އައިޝަތު ހަސަން: 164
    ޑީއާރުޕީ؛ އަބްދުލް ހަކީމް: 123

    ބާތިލް ވޯޓް: 19
    ވޯޓްލީ މީހުންގެ ޖުމްލަ: 563

    19:05

    ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ޝަރީފާއި އެރަށުގައި ތިއްބެވި ޕީޕީއެމަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުނާއި ސަޕޯޓަރުން ދާދި ދެންމެއަކު ވަނީ ގުރައިދޫއަށް ފުރާފައި. އުފާފާޅު ކުރުމަށް ގުރައިދޫގައި މިރޭ ހާއްސަލަ ހަފުލާއެެއް ބާއްވަން ވަނީ ހަމަޖެހިފައި.
    18:56

    ތިމަރަފުށީ ދާއިރާގެ ވޯޓުގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ގުރައިދޫ ވޯޓު ފޮށީގައި ގަބޫލު ނުކުރެވޭ މައްސަލަތަކެއް އެބަހުރި ކަމަށް.
    18:35

    މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަށް ތާއިދު ކުރައްވާ ދެ ކެނޑިޑޭޓުން ކާމިޔާބު ކުރައްވައިފި އެވެ.
    ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ޖާބިރާއި އެމްޑީޕީ ކެންޑިޑޭޓް ދޮންބިލަތް އަހުމަދު ހަލީމު ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި 1107 ވޯޓުން އަބްދުﷲ ޖާބިރު ކާމިޔާބު ކުރެއްވި އިރު، ހަތަރު ކެންޑިޑޭޓު ވާދަކުރެއްވި އިންތިހާބުގައި އިދިކޮޅު އެމްޑީޕީ ކެންޑިޑޭޓަށް ލިބިވަޑައިގެންފައި ވަނީ 919 ވޯޓެވެ.
    ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ޝަރީފެވެ. ތިމަރަފުށި، ގުރައިދޫ، ގާދިއްފުށި އަދި އެ ތިން ރަށުގެ މީހުން ވޯޓުލުމަށް މާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން ޝަރީފަށް ލިބިވަޑައިގެންފައި ވަނީ 1755 ވޯޓެވެ. އެ ގޮނޑިއަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން ޝަރީފާ އެންމެ ގާތުން ވާދަ ކުރެއްވި، އެމްޑީޕީ ކެންޑިޑޭޓް އަދި ކުރިން އެ ގޮނޑި ފުރުއްވި މުހައްމަދު މުސްތަފާ އަށް ލިބިވަޑައިގެންފައި ވަނީ 1327 ވޯޓެވެ.
    މިއީ މިއަދު އިއުލާން ކުރި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތެވެ. ނަމަވެސް އިލެކްޝަަންސް އިން ބުނީ ރަސްމީ ވަގުތީ ނަތީޖާ އިއުލާން ކުރާނީ މިރޭ 8 އާއި 9 އާ ދެމެދުގައި ކަމަށެވެ.

    18:21

    ކާށިދޫ ދާއިރާގެ ގާފަރު ވޯޓް ފޮށި 1 ގެ ނަތީޖާ:

    އަބްދުﷲ ޖާބިރު: 390
    މުހައްމަދު އަފީފ: 0
    މުހައްމަދު ވަހީދު އިބްރާހިމް: 1
    އަހުމަދު ހަލީމް 250
    ބާތިލު ވޯޓް: 10
    ވޯޓްލީ މީހުންގެ ޖުމްލަ: 651
    ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީވި މީހުންގެ އަދަދު: 689

    18:17

    ތިމަރަފުށި ދާއިރާގެ ގުރައިދޫ ވޯޓް ފޮށި 2 ގެ ނަތީޖާ:

    މުހައްމަދު މުސްތޮފާ: 86
    އަހުމަދު ޝަރީފު އާދަމް: 327
    އަބްދުއް ރަޝީދު އަބްދުﷲ: 0
    ބާތިލު ވޯޓް: 6
    ވޯޓްލީ މީހުންގެ ޖުމްލަ: 419
    ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީވި މީހުންގެ އަދަދު: 488

    18:10

    ކާށިދޫ ދާއިރާގެ ކާށިދޫ ވޯޓް ފޮށި 2 ގެ ނަތީޖާ:

    އަބްދުﷲ ޖާބިރު: 270
    މުހައްމަދު އަފީފ: 5
    މުހައްމަދު ވަހީދު އިބްރާހިމް: 2
    އަހުމަދު ހަލީމް 204
    ބާތިލު ވޯޓް: 3
    ވޯޓްލީ މީހުންގެ ޖުމްލަ: 482
    ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީވި މީހުންގެ އަދަދު: 539

    18:05

    ކާށިދޫ ދާއިރާގެ ކާށިދޫ ވޯޓް ފޮށި 1 ގެ ނަތީޖާ:

    އަބްދުﷲ ޖާބިރު: 289
    މުހައްމަދު އަފީފ: 1
    މުހައްމަދު ވަހީދު އިބްރާހިމް: 1
    އަހުމަދު ހަލީމް 326
    ބާތިލު ވޯޓް: 8
    ވޯޓްލީ މީހުންގެ ޖުމްލަ: 325
    ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީވި މީހުންގެ އަދަދު: 687

    17:57

    މާލޭގައި ބެހެއްޓީ ގާދިއްފުށި ގުރައިދޫ ވޯޓް ފޮށީގެ ގެ ނަތީޖާ:

    މުހައްމަދު މުސްތޮފާ: 268
    އަހުމަދު ޝަރީފު އާދަމް: 375
    އަބްދުއް ރަޝީދު އަބްދުﷲ: 1
    ބާތިލު ވޯޓް: 6
    ވޯޓްލީ މީހުންގެ ޖުމްލަ: 650
    ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީވި މީހުންގެ އަދަދު: 675

    17:54

    ޕީޕީއެމްގެ ސަޕޯޓަރުން ތިމަރަފުށީގައި އުފާ ފާޅު ކުރަމުންދޭ
    17:52

    ތިމަރަފުށީ ދާއިރާ ގުރައިދޫ ވޯޓް ފޮށި 1 ގެ ނަތީޖާ:

    މުހައްމަދު މުސްތޮފާ: 72
    އަހުމަދު ޝަރީފު އާދަމް: 286
    އަބްދުއް ރަޝީދު އަބްދުﷲ: 1
    ބާތިލު ވޯޓް: 2
    ވޯޓްލީ މީހުންގެ ޖުމްލަ: 361
    ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީވި މީހުންގެ އަދަދު: 446

    17:50

    ތިމަރަފުށީ ދާއިރާ މާލޭ އިސްކަންދަރު ވޯޓް ފޮށީގެ ނަތީޖާ:

    މުހައްމަދު މުސްތޮފާ: 292
    އަހުމަދު ޝަރީފު އާދަމް: 284
    އަބްދުއް ރަޝީދު އަބްދުﷲ: 1
    ބާތިލު ވޯޓް: 12
    ވޯޓްލީ މީހުންގެ ޖުމްލަ: 589
    ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީވި މީހުންގެ އަދަދު: 627

    17:34

    ތިމަރަފުށީ ދާއިރާ ގާދިއްފުށީ ވޯޓް ފޮށި 1 ގެ ނަތީޖާ:

    މުހައްމަދު މުސްތޮފާ: 103
    އަހުމަދު ޝަރީފު އާދަމް: 98
    އަބްދުއް ރަޝީދު އަބްދުﷲ: 0
    ބާތިލު ވޯޓް: 3
    ވޯޓްލީ މީހުންގެ ޖުމްލަ: 204
    ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީވި މީހުންގެ އަދަދު: 232

    17:32

    މާލޭގައި ބަހައްޓާފައިވާ ކާށިދޫ ވޯޓް ފޮށީގެ ނަތީޖާ:

    އަބްދުﷲ ޖާބިރު: 158
    މުހައްމަދު އަފީފ: 1
    މުހައްމަދު ވަހީދު އިބްރާހިމް: 4
    އަހުމަދު ހަލީމް 139
    ބާތިލު ވޯޓް: 0
    ވޯޓްލީ މީހުންގެ ޖުމްލަ: 465
    ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީވި މީހުންގެ އަދަދު: 539

    17:21

    ތިމަރަފުށީ ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓް ފޮށި 2 ގެ ނަތީޖާ:

    މުހައްމަދު މުސްތޮފާ: 289
    އަހުމަދު ޝަރީފު އާދަމް: 177
    އަބްދުއް ރަޝީދު އަބްދުﷲ: 0
    ބާތިލު ވޯޓް: 3
    ވޯޓްލީ މީހުންގެ ޖުމްލަ: 469
    ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީވި މީހުންގެ އަދަދު: 620

    17:17

    ގާދިއްފުށި ކައުސިލްގެ ބައި އިލެކްޝަންގެ ނަތީޖާ:
    ހުސައިން ޒިޔާއު (ޕީޕީއެމް) 98.
    މުހައްމަދު އިރުޝާދު (އެމްޑީޕީ) 102.
    17:16

    ކާށިދޫ ދެ ނަމްބަރު ވޯޓު ފޮށީގެ ނަތީޖާ:

    އަބްދުﷲ ޖާބިރު: 270.
    ދޮންބިލެތް ހަލީމް 204.
    މުހައްމަދު އަފީފް 5.
    މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) 3.
    ބާތިލް 3.

    17:08

    ތިމަރަފުށީ ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓް ފޮށި 1 ގެ ނަތީޖާ:

    މުހައްމަދު މުސްތޮފާ: 217
    އަހުމަދު ޝަރީފު އާދަމް: 208
    އަބްދުއް ރަޝީދު އަބްދުﷲ: 0
    ބާތިލު ވޯޓް: 3
    ވޯޓްލީ މީހުންގެ ޖުމްލަ: 428
    ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީވި މީހުންގެ އަދަދު: 527

    17:04

    ތިމަރަފުށީގައި ވޯޓް ގުނަމުން ދަނިކޮށް ކަރަންޓް ހިނގައްޖެ.
    16:58

    ލޯކަލް ކައުންސިލްތަކުގެ ހދ. ކުމުންދޫ މާލޭ ފޮށި ގުނާ ނިމިއްޖެ. ކުރީގައި އުޅެނީ ޕީޕީއެމްގެ ކެންޑިޑޭޓް
    16:50

    ތިމަރަފުށީ ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓް ފޮށި 1 ގުނާ ނިމިއްޖެ.
    16:44

    ކާށިދޫގައި ވެސް ވޯޓު ގުނަން ފަށައިފި ހުރިހާ ރަށެއްގައި ވެސް ވޯޓް ގުނަމުންދާއިރު ފުލުހުން ވަނީ ތައްޔާރީ ހާލަތަށް އައިސް ފޯރިމަރަން ފަށާފައި.
    16:39

    އިލެކްޝަން ކޮމިޝަނުން ހަވީރު 16:15 އާ ހަމައަށް އާއްމުކޮށްފައިވާ ވޯޓްލީ މީހުންގެ އަދަދު
    ހދ. ކުމުންދޫ 1- 463 ފޮށި ވަނީ ބަންދުކޮށްފައި.
    ކ. ކާށިދޫ 1- 625 ފޮށި ވަނީ ބަންދުކޮށްފައި.
    ކ. ކާށިދޫ 2- 482 ފޮށި ވަނީ ބަންދުކޮށްފައި.
    ކ. ގާފަރު 1- 651 ފޮށި ވަނީ ބަންދުކޮށްފައި.
    ތ. ގުރައިދޫ 1- 631 ފޮށި ވަނީ ބަންދުކޮށްފައި.
    ތ.ގުރައިދޫ 2- 419 ފޮށި ވަނީ ބަންދުކޮށްފައި.
    ތ. ގާދިއްފުށި 1- 204 ފޮށި ވަނީ ބަންދުކޮށްފައި.
    ތ. ތިމަރަފުށި 1- 428 ފޮށި ވަނީ ބަންދުކޮށްފައި.
    ތ. ތިމަރަފުށި 2- 469 ފޮށި ވަނީ ބަންދުކޮށްފައި.
    ތ. އަތޮޅު މާލެ 1- 589 ފޮށި ވަނީ ބަންދުކޮށްފައި.
    ތ. އަތޮޅު މާލެ 2- 650 ފޮށި ވަނީ ބަންދުކޮށްފައި.
    ހދ އަދި ކ. އަތޮޅު މާލެ 1- 402 ފޮށި ވަނީ ބަންދުކޮށްފައި.
    16:34

    ތިމަރަފުށީ ދާއިރާގެ ތިމަރަފުށީ ދެ ފޮށީގައި ވޯޓް ގުނަން ފަށައިފި.
    16:29އިލެކްޝަންސް ކޮމިޝަންގެ ރައީސް

    މިއަދުގެ ބައި އިލެކްޝަންތަކުގެ ވޯޓުލުން ދިޔަ ގޮތާމެދު އިލެކްޝަނުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ވޯޓު ލީ ދާއިރާތަކުގެ ރަށްރަށުގެ ފަރާތްތަކަށް ކޮމިޝަނުން ޝުކުރު ދައްނަވަން. ވޯޓާސް ރަޖިސްޓްރޭޝަނާ ބެހޭ އެންމެ ޝަކުވާއެއް އައިސްފައިވޭ. އެކަށީގެންވާ މާހައުލެއް އޮތުމުން އިންތިހާބުތައް ބާއްވަމުން މިދަނީ.
    16:27

    ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ އާއި ތިމަރަފުށީ ދާއިރާގެ ހުރިހާ ވޯޓް ފޮއްޓެއް މިހާރު ވަނީ ބަންދުކޮށް ނިމިފައި. މިހާރު ދަނީ ވޯޓް ގުނުމާ ދެމެދު ދޫކުރަންޖެހޭ ބައިގަޑިއިރު. އެވަގުތުކޮޅުގެ ފަހުން ހުރިހާ ވޯޓް ފޮއްޓެއްގެ ވޯޓު ގުނަން ފަށާނެ.
    16:11އިލެކްޝަންސް ކޮމިޝަން

    އިލެކްޝަން ކޮމިޝަނުން މެންދުރު ފަހު 15:15 އާ ހަމައަށް އާއްމުކޮށްފައިވާ ވޯޓްލީ މީހުންގެ އަދަދު
    ހދ. ކުމުންދޫ 1- 418
    ކ.ކާށިދޫ 1- 605
    ކ. ކާށިދޫ 2- 465
    ކ.ގާފަރު 1- 651
    ތ.ގުރައިދޫ 1- 358
    ތ.ގުރައިދޫ 2- 394
    ތ. ގާދިއްފުށި1- 204
    ތ. ތިމަރަފުށި 1- 420
    ތ.ތިމަރަފުށި 2- 475
    ތ. އަތޮޅު މާލެ 1- 533
    ތ.އަތޮޅު މާލެ 2- 608
    ހދ އަދި ކ. އަތޮޅު މާލެ 1- 391
    16:06

    ގުރައިދޫ އާއި ތިމަރަފުށީގައި ހުރި ހަތަރު ވޯޓް ފޮށި ވެސް މިހާރު ވަނީ ބަންދުކޮށްފައި. ވޯޓް ގުނުން 4:30 ގައި.
    16:04

    ގާފަރުގައި އެއްފޮށި ވަނީ ބަންދުކޮށްފައި. ވޯޓުލީ 651 މީހުން. ވޯޓުލާން ރަޖިސްޓްރީކޮށްފައި ވަނީ 689 މީހުން.
    16:04

    ކާށިދުގައި ބެހެއްޓި ދެވޯޓް ފޮށު މިހާރު ވަނީ ބަންދުކޮށްފައި.
    16:03ތ. ތިމަރަފުށި

    ތ. ގާދިއްފުށީ ވޯޓް ފޮށި ބަންދުކޮށްފި
    16:00އިލެކްޝަންސް ކޮމިޝަން

    މިއަދު ކުރިއަށްދާ ބައި އިލެކްޝަންގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެެރެއިން 90 ޕަސެންްޓް މީހުން ވޯޓްލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ
    15:50

    މިހާރު ކުރިއަށް ދާ އިންތިހާބުތަކުގެ ވަގުތީ ނަތިޖާ މިރޭ 8:00 އާއި 9:00 ދެމެދު އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި. އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން ވިދާޅުވީ މިހާރު ކުރިއަށްދާ އިންތިހާބުތަކުގެ ވޯޓް ނެގުން ބަންދުވާނީ މިއަދު ހަވީރު 4:00 ޖަހާއިރު ކަމަށާއި ހަވީރު ހަތަރެއްގެ ފަހުން ކިއުޖެހުމުގެ ފުރުސަތު ބަންދުވި ނަމަވެސް އެގަޑީގެ ކުރިން ކިއުގައި ތިބި މީހުންނަށް ވޯޓްލުމުގެ ފުރުސަތު ދެވޭނެ ކަމަށް. އޭނާ ވިދާޅުވީ ވޯޓް ގުނުމުގެ މަސައްކްތަ ފެށޭނީ ބައިގަޑިއިރުގެ ހުސް ވަގުތުކޮޅަކަށް ފަހުގައި ކަމަށާއި އަދި އެދާއިރާގެ ވޯޓް ފޮއްޓެއްގެ ނަތީޖާ އެ މަރުކަޒަކުން ގުނާ ނިންމުމަށް ފަހު ނަތީޖާ އެމަރުކަޒެއްގައި އިއުލާން ކުރުމަށް ފަހު ދާއިރާގެ ވަގުތީ ނަތީޖާ އިއުލާން ކުރާނީ އިލެކްޝަން ކޮމިޝަނުގައި ކަމަށް.

    15:44

    އިލެކްޝަން ކޮމިޝަނުން މެންދުރުފަހު 14:15 އާ ހަމައަށް އާއްމުކޮށްފައިވާ ވޯޓްލީ މީހުންގެ އަދަދު
    ހދ. ކުމުންދޫ 1- 418
    ކ.ކާށިދޫ 1- 510
    ކ. ކާށިދޫ 2- 430
    ކ.ގާފަރު 1- 632
    ތ.ގުރައިދޫ 1- 330
    ތ.ގުރައިދޫ 2- 318
    ތ. ގާދިއްފުށި1- 204
    ތ. ތިމަރަފުށި 1- 392
    ތ.ތިމަރަފުށި 2- 418
    ތ. އަތޮޅު މާލެ 1- 442
    ތ.އަތޮޅު މާލެ 2- 535
    ހދ އަދި ކ. އަތޮޅު މާލެ 1- 351
    15:44

    މިއަދު ކުރިޔަށްދާ ހަތަރު ބައި އިލެކްޝަންގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ 6764 މީހުންގެ ތެރެއިން 2:15 އާ ހަމައަށް 4913 މީހަކު ވަނީ ވޯޓުލާފައި އެއީ ވޯޓުލާން ޖެހޭ މީހުންގެ 73 ޕަސެންޓް.
    15:04

    14:53

    ކާށިދޫ ދާއިރާ އާއި ތިމަރަފުށީ ދާއިރާގެ ވޯޓް ލުމުގައި ވެސް އެއްވެސް ހަމަނުޖެހުމެއް ނެތް. އަދި މިއަދު ބައި އިލެކްޝަން ކުރިޔަށްދާ ކުމުންދޫ އާއި ގާދިއްފުށީގައި ވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ. މިހާރު ތިމަރަފުށީގައި ގިނަ އަދަދެއްގެ ބަޔަު ވަނީ ވޯޓްލާން ނުކުމެފައި.
    14:44

    ތިމަރަފުށީގައި އޮމާން ކަމާއެކު ވޯޓްލަމުން އެބަދޭ. ފުލުހުން ޖެހި ރޯޑް ބްލޮކްތައް ކައިރިއަށް މީހުން ވަނީ ޖަމާވެފައި. އެއްވެސް މައްސަލައެއް މިވަގުތަކު ނެތް.
    14:01
    13:30

    13:14

    ތިމަރަފުށީގައި ވޯޓްލަމުން ދާއިރު އިލެކްޝަނަށް ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުންގެ އެދުމަކަށް ތިމަރަފުށީގެ ދެ ވޯޓު ފޮއްޓަށް ދާން އޮންނަ މަގުތައް ފުލުހުން ވަނީ ބަންދުކޮށްފައި. ބަންދު ކުރި ނަމަވެސް ވޯޓްލާން ދާ މީހުންނަށް ވަދެވޭނެ. އެހިސާބަށް ނުދެވެނީ ވޯޓްލާފައިވާ މީހުންނާއި ވޯޓް ނުލެވޭ އާންމުންނަށް.
    ކާށިދޫ މީހެއް

    ކާށިދޫ ދާއިރާގެ ވޯޓުލުން ކުރިޔަށްދާއިރު އެދާއިރާގެ ދެ ކެންޑިޑޭޓުން ކަމުގައިވާ ދޮން ބިލަތް އަހުމަދު ހަލީމާއި އަބްދުﷲ ޖާބިރަށް ނިސްބާތްވާ ފަރާތްތަކުން ހިލޭ ލޮލީ ބަހަމުންދާއިރު ލޮލީ ބުއިމުގައި ޖާބިރަށް ތާއިދު ކުރާ މީހުން، ކުލަކުލައިގެ ލޮލީ ބުއިމުގެ ހަރަކާތެއް ރާވަމުން ގެންދާ ކަމަށް ބުނޭ.
    މި ހަރަކާތުގައި އެމްޑީޕީއަށް ނިސްބަތްވާ މީހުންނަށް ވެސް ލޮލީ ދޭނެ. ޖާބިރަށް ތާއީދު ކުރާ އިއްތިހާދުގެ ބައިވެރިން މިކަމުގައި އިސްކޮށް މިއުޅެނީ
    13:09

    13:05

    ރައީސްގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ރައީސް ވަހީދު މިއަދު ވިލުފުއްޓަށް ވަޑައިގަތުމުން އެމްޑީޕީއަށް ނިސްބަތްވާ މީހުނާއި ސަރުކާރަށް ތާއީދު ކުރާ މީހުންގެ މެދުގައި "ޝުއޫރު" ތަކެއް ފާޅު ކުރަމުން ދިޔަ ކަމަށާއި އެކަމުގެ ތެރޭގައި ކުރިމަތިލުމެއް ހިނގާފައި ނުވާ ކަމަށް. އަދި މިވަގުތު ރައީސް ހުންނެވީ ވިލުފުށީ ސްކޫލްގައި ބާއްވާ ޖަލްސާއަށް ވަޑައިގެން ކަމަށް.
    13:00ތިމަރަފުށިން

    ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ތ. ވިލުފުއްޓަށް ވަޑައިގަތުމުން އެ މަނިކުފާނާ ދެކޮޅަށް އަޑުއުފުލި ބަޔަކާއި އެ މަނިކުފާނުގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގާފައި.
    12:58ތިމަރަފުށިން

    ތިމަރަފުށީ ދާއިރާގެ ގާދިއްފުށީގައި ބަހައްޓާފައިވާ ވޯތް ފޮއްޓަށް ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ 232 މީހުންގެ ތެރެއިން 190 މީހުން ވޯޓުލައިފި. މިވަގުތު ވޯޓް ފޮށީގެ ކައިރީގައި އެއްވެސް މީހަކު ނެތް.
    12:45ތިމަރަފުށިން

    ގުރައިދޫގައި ހަމަނުޖެހުމެއް ހިންގި ހާދިސާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްގެން ވޭމަންޑޫއަށް ގެން ގޮސްފި. އޭގެ ތެރޭގައި ހިމެނެނީ ތިމަރަފުށީގެ ބަޔަކާއި މާލެއިން ދިޔަ ބައެއް ކަމަށްވޭ. އެމީހުން ވޭމަންޑޫއަށް ގެންދިޔައީ ތިމަރަފުއްޓަށް ނުގެނެސް. ގުރައިދޫގައި ހަމަނުޖެހުން ހިނގީ ތިމަރަފުށިން ގުރައިދު އަށް ބަޔަކު ދިއުމުން އެ މީހުންގެ ގައިގައި ބަޔަކު ވަނީ ތަޅައިގަތުމުން ކަމަށް ބުނެ އެ ހާދިސާގައި ގުރައިދޫ ކައުންސިލްގެ އިދާރާގެ ތެރެއަށް ވަދެ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި އަދި އެ އިދާރާގެ ބިއްލޫރިގަނޑެއް ތަޅާލި.
    12:33އިސްކަންދަރު ސްކޫލް

    އަމީނިއްޔާ ސްކޫލްގައި ހުރި ފޮއްޓަށް ކާށިދޫ ދާއިރާއަށް 181 މީހުން ވޯޓްލާފައިވާއިރު ހަމައެފޮއްޓަށް ކުމުންދޫ ރަށު ކައުންސިލަށް 59 މީހުން ވޯޓްދީފައިވޭ. އިސްކަންދަރު ސްކޫލްގައި ތިމަރަފުށީ ދާއިރާގެ ދެ ފޮށި ބެހެއްޓީފައިވާއިރު ތިމަރަފުށީ މީހުންނަށް ވޯޓްލުމަށް ހާއްސަކޮށްފައިވާ ފޮއްޓަށް 251 މީހުން މިހާތަނަށް ވޯޓްލާފައިވާއިރު ހަމައެދާއިރާ ހިމެނޭ ގާދިއްފުއްޓާއި ގުރައިދޫ މީހުން ވޯޓްލުމަށް ހާއްސަކޮށްފައިވާ ފޮއްޓަށް 358 މީހުން ވަނީ ވޯޓްލާފަ. ގާދިއްދުށީ ރަށު ކައުންސިލް ވޯޓް ވެސް ލަމުން ގެންދަނީ މިފޮއްޓަށް. އިސްކަންދަރު ސްކޫލްގެ ދޮރުމަތީ ކެންޕެއިންގެ ކޮންމެވެސް ވަރެއްގެ ހަރަކާތްތަކެއް ދެބައިމީހުން ވެސް ކުރިއަށްގެންދާތީ އެސްކޫލްގެ މައިގޭޓް ބަންދުކުރުމަށްފަހު، ވޯޓްލުމަށް އަންނަ މީހުންނަށް މައިގޭޓާއި ޖެހިގެން ހުންނަ ކުޑަ ގޭޓަކުން ވަންނަ ގޮތަށް ވަނީ ހަމަޖައްސާފަ.

    12:19

    ކައުންސިލްތަކުގެ ދެ ބައި އިލެކްޝަން ހިމަނައިގެން ހަތަރު ބައި އިލެކްޝަންގައި މިއަދުގެ 11:30 އާ ހަމައަށް ވޯޓުލީ ޖުލްމަ މީހުންގެ އަދަދަކީ 2785.
    12:16ތިމަރަފުށިން

    ތިމަރަފުށީ ޒުވާނުންގެ މަރުކަޒުގެ ކައިރިއަށް ވޯޓްލުމަށްޓަކައި މިހާރު ވަނީ ވަރަށް ގިނަ ބަޔަކު ޖަމާވެފައި. އެ ސަރަހައްދުގައި ހަމަނުޖެހުމެއް ހިނގަމުން ނުދިޔަ ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދުގައި މަގު ބަނދު ކުރާ ކޯނާއި ބްލޮކް އަތުރާފައި. ދެތިން ރަޔަޓް ފުލުހުން ވެސް މަޑުކޮށްލައިގެން އެބަތިބި.
    12:06

    ކާށިދޫ ދާއިރާގެ ވޯޓުލުން ކުރިޔަށްދާއިރު އެމްޑީޕީންނާއި އިއްތިހާދުގެ ސަޕޯޓަރުންގެ މެދުގައި މިއަދު އެންމެ ހިނގާ އެއްޗަކަށް ވެފައި ވަނީ ލޮލީ. ރަށު ކައުންސިލުން ބުނީ އިއްޔެއިން ފެށިގެން މިއަދަށް ދެ ފަރާތުން އެކި ކުލަތަކުގެ ލޮލީ ތައްޔާރުކޮށްފައިވާ ކަމަށާއި ވޯޓްލުން ހިނގަމުންދާއިރު ސަޕޯޓަރުން ހިލޭ ލޮލީ ބަހަމުން އަންނަ ކަމަށް. މިހާތަނަށް ވޯޓްލުމުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.
    11:48

    11:39

    މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކާ ގުޅިގެން އިލެޝަންގެ ކޮންޕްލެއިންސް ބިއުރޯއަށް މިހާތަނަށް އެއްވެސް ޝަކުވާ ރަސްމީކޮށް ހުށަހެޅިފައި ނުވާ ކަމަށާއި ނަމަވެސް ދެ މީހަކަށް ވޯޓް ނުލެވުނު މައްސަލައެއް ތިމަރަފުށިން އިލެކްޝަންނަށް ރިޕޯޓްކުރި ކަމަށް އިލެކްޝަނުން ބުނޭ. އަދި އެމައްސަލަ ބެލިއިރު އެދެ މީހުންކުރެ އެކަކަށް ވޯޓްނުލެވުނީ މާލެއަށް ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ މީހަކު ތިމަރަފުއްޓަށް ވޯޓްލާން އުޅުމުން ކަމަށާއި ދެވަނަ މީހާގެ ނަން ލިސްޓުގައި ނެތީ ވޯޓްލުމުގެ ހައްގުލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަނުން އާއްމުކުރިއިރު އޭގައި މައްސަލައެއް އުޅޭކަން އެކޮމިޝަނަށް އެނގުމަށް އެދިފައިވާއިރު އެކަން އަންގާފައި ނެތުމުން ކަމަށްވެސް އެކޮމިޝަނުން ބުނޭ. މީގެއިތުރުން ގުރައިދޫގައި މިއަދު ހެނދުނު ވޯޓްލުން ފެށިގެން ކުރިއަށްދިޔަ އިރު އުމުރުން ދުވަސްވީ މީހަކު ވޯޓްލާން ދިއުމަށް އެހީތެރިއަކު ގެންދަން އުޅުމުން އެމައްސަލަ ދިމާވި ކަމަށް އިލެކްޝަނުން ބުނި. އަދި އެހީތެރިއަކު ގެންދެވޭނީ އަމިއްލައަށް ފާހަގަނުޖެހޭ ވަރަށް ބަލިހާލު ހުރި މީހުން ކަމަށް އެކޮމިޝަނުން ބުނުމުން، އެމީހާ އެކަނި ގޮސް ވޯޓްދީފައިވާ ކަމަށް ވެސް ބުނި.

    11:22އަމީނިއްޔާ ސްކޫލުން

    މާލޭގައި ވޯޓްލަމުންދާ ގޮތް ބައްލަވާލެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި އާ ސެކެރްޓަރީ ޖެނެރަލް ވަޑައިގަންނަވައިފި. އެބޭފުޅުން މިވަގުތު ތިއްބެވީ އަމީނިއްޔާ ސްކޫލްގައި ހުރި ވޯޓް ފޮށި ކައިރީގައި
    11:11

    ގާފަރު ސްކޫލްގައި ބަހައްޓާފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް 215 މީހުން ވަނީ ވޯޓްލާފަ. ކާށިދޫ ދާއިރާގައި އެއްވެސް ކަހަލަ މައްސަލައެއް ދިމައެއް ނުވޭ.
    11:01ތިމަރަފުށިން

    ގުރައިދޫގައި ހިނގި ހަމަނުޖެހުމުގައި މީހަކަށް ގެއްލުމެއް ނުލިބޭ، ތިމަރަފުށިން ގުރައިދޫއަށް ދިޔަ މުސްތޮފާއަށް ތާއީދު ކުރާ މީހުން މިހާރު ތިބީ ފުލުހުންގެ ހިމާޔަތުގައި. އެމީހުން މަސައްކަތް ކުރަނީ އެނބުރި ތިމަރަފުއްޓަށް ދިއުމަށް.
    10:55

    ތިމަރަފުށީގައި ހިނގި ހާދިސާއެއްގައި ފުލުހުން ހައްޔަރުކޮށްފައި ތިބި ދެމީހަކު ގެނެސް ވޯޓްލެއްވުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން އަނެއްކާ ވެސް ހައްޔަރަށް ގެންގޮސްފި.
    10:52ތިމަރަފުށިން

    ފުލުހުން ބުނީ ގުރައިދޫ ކައުންސިލް އިދާރާގެ ބިއްލޫރިގަނޑެއް ތަޅައިގެން ދިޔައީ ކައުންސިލް އިދާރާގެ ތެރޭގައި އިލެކްޝަނާ ބެހޭ އިސް ބޭފުޅަކު ހުންނެވުމުން ބަޔަކު އޭނާއާ ބައްދަލު ކުރަން ވަންނަން އުޅުނު ވަގުތު ދުރުގައި ހުރި މީހަކު އެއްލި އެއްޗަކުން ޖެހި ކަމަށް. އެ ހާދިސާ ތަހުގީގު ކުރަމުން ދަނީ އަދި މީހަކު ހައްޔަރެއް ނުކުރޭ. މައްސަލަ ޖެހުނީ ކެންޑިޑޭޓް މުސްތޮފާގެ ސަޕޯޓަރުންތަކެއް ގުރައިދޫއަށް ދިއުމުން ކަމަށް ބުނޭ.
    10:49

    ގުރައިދޫގައި ރަށު ކައުންސިލް އިދާރާގެ ތެރެއަށް ބަޔަކު ވަދެގަންނަން އުޅުމުގެ ތެރޭގައި އެ އިދާރާގެ ބައެއް ބިއްލޫރިތައް ތެޅިއްޖެ ކަމަށްބުނޭ. ފުލުހުން ގެންދަނީ މިހާރު އެކަން ބަލަމުން.
    10:39

    ކާށިދޫ ދާއިރާގެ ވޯޓްގައި މާލޭ އަމީނިއްޔާ ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަށް 116 މީހަކު މިހާރު ވަނީ ވޯޓްލާފައި. ވޯޓްލުމަށްޓަކައި އެ ފޮށީގެ ކައިރީގައި ގިނަ ބަޔަކު ނެތް. ހަމަ އެފޮއްޓަށް ކުމުންދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ވެސް ލަމުން އެބަދޭ.
    10:33ތިމަރަފުށިން

    ތިމަރަފުށީ ޒުވާނުންގެ މަރުކަޒު ކައިރިޔަށް މިހާރު ވަނީ ވޯޓްލާން ގިނަ ބަޔަކު ކިޔޫ ހަދާފައި. އެ ސަރަހައްދުގައި ކަމާ ނުބެހޭ ބަޔަކު ތިބުމާ ގުޅިގެން ވޯޓްލާ މީހުންނަށް އުނދަގޫވާތީ ފުލުހުން އެމީހުން އެ ސަރަހައްދުން ފޮނުވާލައިފި.
    10:30ތިމަރަފުށިން

    ހެނދުނާ އަޅާ ބަލާއިރު މިހާރު ތިމަރަފުށީ ދާއިރާގައި ގިނަ އަދަދެއްގެ މީހުން ވޯޓްލާން ނުކުންނަން ފަށައިފި. މުޅި ދާއިރާއިން ގާތްގަނޑަކަށް 600 އެއް މީހުން މިހާރު ވެސް ވަނީ ވޯޓްލާފައި.
    10:22

    ތިމަރަފުށީގައި ވޯޓްލާއިރު ޒުވާނުންގެ މަރުކަޒު ކުރިމަތީގައި ހުރި ޖޯލިފައްޗެއްގެ މައްސަލަ ޖެހި، ފުލުހުން އެ ޖޯލިފަތި ގެންގޮސްފި.
    10:21

    ކާށިދޫ ސްކޫލްގައި ބަހައްޓާފައި ހުރި ދެ ފޮށީގެ ތެރެއިން އެއް ނަމްބަރު ފޮއްޓަށް މިހާތަނަށް 150 މީހުން ވަނީ ވޯޓްލާފައި.
    10:20

    ގާދިއްފުށީ ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓް ފޮއްޓަށް މިހާތަނަށް 118 މީހުން ވަނީ ވޯޓްލާފައި.
    10:13

    ތިމަރަފުށީ ދާއިރާގެ ތިމަރަފުށީގެ ވޯޓްގައި އެރަށު ޒުވާނުންގެ މަރުކަޒުގެ ވޯޓް ފޮޓަށް މިހާތަނަށް 116 މީހުން ވޯޓް ލާފައިވާއިރު ތިމަރަފުށީ ސްކޫލްގައި ހުރި ވޯޓް ފޮއްޓަށް 147 މީހަކު ވަނީ ވޯޓްލާފައި.
    10:10

    ތިމަރަފުށީ ދާއިރާގެ ގާދިއްފުށީ ފޮއްޓަށް 107 މީހަކު މިހާރު ވަނީ ވޯޓް ލާފައި. އެދާއިރާގެ ގުރައިދޫގެ އެއް ފޮއްޓަށް 61 މީހަކު ވޯޓް ލާފައިވާއިރު ދެވަނަ ފޮއްޓަށް 80 މީހަކު ވަނީ ވޯޓްލާފައި.
    10:03

    ކާށިދޫ ދާއިރާގެ ވޯޓް ލުމުގެ ހައްގު ލިބިފައި ވަނީ 2231 މީހުން. އޭގެ ތެރެއިން މާލެއަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައި ވަނީ 316 މީހުން. ތިމަރަފުށީ ދާއިރާގައި ވޯޓް ލުމުގެ ހައްގު ލިބިފައި ވަނީ 3616 މީހުން. އެދާއިރާގައި މާލެއަށް ވޯޓްލާން ރަޖިސްޓްރީކޮށްފައި ވަނީ 1802 މީހުން.
    09:54

    ކާށިދޫ ދާއިރާގެ ގާފަރުގައި މިހާތަނަށް 150 މީހުންނަށް ވުރެ ގިނަ މީހުން ވޯޓް ލާފައިވާ ކަމަށް ބުނޭ
    09:49

    ތިމަރަފުށީ ދާއިރާއި އާއި ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓްލަމުން ދާއިރު ލޯކަލް ކައުންސިލްތަކުގެ ދެ ބައި އިލެކްޝަނެއްގައި ވެސް ވޯޓް ލަމުން އެބަދޭ. އެއީ ހދ. ކުމުންދޫ ކައުންސިލާއި ތ. ގާދިއްފުށި ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް
    09:46ތ. ތިމަރަފުށިން

    ތިމަރަފުށީ ދާއިރާގެ ގުރައިދޫގައި ބަހައްޓާފައިވާ ދެ ވޯޓް ފޮށީގެ ތެރެއިން އެއް ވޯޓް ފޮށީގެ ކައިރިއަށް މުސްކުޅިންނަށް ވޯޓުލުމަޢްޓަކައި އެހީތެރިންނަށް ނުވަދެވޭ ކަމަށް ބުނެ ބަޔަކު މައްސަކަތް ކުރުމުން އެކަން ހުއްޓުވައި މިހާރު ވަނީ މައްސަލަ ހައްލުކޮށްފައި. އެކަމާބެހޭ ޝަކުވާތަކެއްވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި.
    09:24

    ކާށިދޫގައި ދެންމެ ވަނީ ވޯޓާން ކިޔޫ ޖެހުނު ބައެއްގެ މެދުގައި މައްސަލައެއް ދިމާވެފައި ނަމަވެސް އިލެކްޝަންސް އޮފިޝަލުން މިހާރު ވަނީ މައްސަލަ ހައްލުކޮށްފައި.