ޓޫރިސްޓުންނާއެކު އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް ޓޫރިސްޓަކަށް ގެއްލުމެއް ނުލިބެ އެވެ.

ފުލުހުން ބުނީ އަލިފާން ރޯވީ "އެކްއޭރިއަސް" ކިޔާ ސަފާރީ 16 ޓޫރިސްޓުނާއެކު އއ. ނިކަ އައިލެންޑާއި މާޔާފުއްޓާ ދޭތެރޭގައި އޮއްވާ ކަމަށާއި މިއަދު 6:15 އެހާކަންހާއިރު ސަފާރީގައި އަލިފާން ރޯވުމާއެކު ސަފާރީގައި ތިބި ޓޫރިސްޓުން ނިކަ ހޮޓެލް އަށް ގެންގޮސް ސަފާރީގައި ރޯވެފައިވާ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ އަލިފާން ރޯވީސަފާރީގެ އިންޖީނު ރޫމުގައި ކަމަށެވެ.

އެކްއޭރިއަސްގައި އަލިފާން ރޯވުމާ ގުޅިގެން ސިފައިން ފަޔާން އެންޑް ރެސްކިއޫ އިން ގެންދަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.

އެކްއޭރިއަސްގައި ރޯވި އިރު ރޭ ވަނީ 23 ޓޫރިސްޓަކު ގޮވައިގެން ދަތުރުކުރި ސަފާރީއެއް ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަރަށް އުރިފަ އެވެ. އެންމެ ފަހުން ސަފާރީއެއްގައި ރޯވެފައި ވަނީ ކ. މާފުށީ ހުޅަނގުން އޮންނަ ފިނޮޅެއްގެ ކައިރީގައި އޮތް "ނަޝާވާ ޕްރިންސަސް"ގައި މިދިއަ އަހަރުގެ މޭ މަހު އެވެ. އެފަހަރު 18 ޓޫރިސްޓުން ތިއްބެވެ.