ރާއްޖޭގެ ބާރު މެރަތަން ދުވުންތެރިޔާ ޝަމްހާ އަހުމަދު އަނެއްކާވެސް ހާފު މެރަތަންގެ ގައުމީ ރެކޯޑު އާކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަަހުގެ ތެރޭގައި ޝަމްހާ ވަނީ ހާފު މެރަތަންގެ ގައުމީ ރެކޯޑު މުގުރާލައިފައެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގައި އިއްޔެ ކުރިއަށްދިޔަ "އޮސްލޯ މެރަތަން" ގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް ޝަމްހާ ގަައުމީ ރެކޯޑު މުގުރާލީ އެއްގަޑިއިރާއި 27 މިނެޓު 51 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިފަހަރު އެ ރެކޯޑު ޝަމްހާ ހެދީ މިއަދު ބަންގުބަންދު މެރަތަންގައި ވާދަކޮށެވެ. އޭނާ އެ ރޭސް ނިންމީ އެއްގަޑިއިރާއި 26 މިނެޓާއި 41 ސިކުތުންނެވެ.

ޝަމްހާއާއެކު އެ މުބާރާތުގައި ރާއްޖޭގެ ޓީމުގައި ދެން ހިމެނެނީ މަރްޔަމް އަބްދުލް ކަރީމް (މަރީ)ގެ އިތުރުން ކުރިއަރަމުންއަންނަ މެރަތަން ދުވުންތެރިންކަމަށްވާ ޔޫސުފް އިބްރާހިމް އާއި ފަވާޒު މުހައްމަދެވެ.

ޑާކާ މެރަތަންގައި ރާއްޖޭގެ ޓީމަށް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދެވެ.

އެ ޓީމުގައި ހިމެނުނު ޝަމްހާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މެރަތަން ދުވުން ތެރިޔާއެވެ. ނަމަވެސް ޝަމްހާއަށް ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު މި ލިބެނީ ހަތް އަހަރުގެ މެދު ކެނޑުމަކަށްފަހުއެވެ.