ދެ މީހުންނާ އެކު މާލެއިން ފަރުމަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދާ "ފަރުމާ" ނަމަކަށް ކިޔާ ދޯންޏަކީ މިދިޔަ އާދިއްތަދުވަހު މާލެއިން ފަރުމަސް ވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ކަމަށާއި ދޯނި ހޯދަން ފެށީ ރެއާ ހަމައަށްވެސް ދޯނީގެ ހަބަރެއް ނުވެގެން ރިޕޯޓް ކުރުމުން ކަމަށެވެ.

"އަޅުގަނޑު މެނަށް ދޯނި ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ އިރާކޮޅުގެ ވަގުތުގައި އެ އިރުން ފެށިގެން ނޮދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންއިން އެދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދަނީ. އަދި ހަބަރެއް ނިވޭ" އަބުދުއްﷲ ވިދާޅުވި އެވެ.

ގދ. ރަތަފަންދޫ، ސްކްރީންގޭ، މުހަންމަދު ވަހީދުގެ އެ ދޯންޏަކީ ހުދުކުލަ ލާފައިވާ ދިގުމިނުގައި 30 ފޫޓުހުންނަ ދޯންޔެއް ކަމަށްވެސް އެމްއެންޑީއެފުންބުންޏެވެ.