ޔޫކްރޭނާއި ޕޮލެންޑް ގުޅިގެން އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސަލާމަތީ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ވަރުގަދަ ކުރަން ޖެހޭ ކަމަށް ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ވިދާޅުވެއްޖެ އެވެ.

ޕޮލެންޑަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުބާރާތުގެ ފުރަތަމަ މެޗް ކުޅޭ "ވަރަވެސް"ސްޓޭޑިއަމްގައި އިއްޔެ ޔޫރަޕްގެ މީޑިއާތަކާއެކު އޮތް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޕްލެޓިނީ ވިދާޅުވީ، އެހެން އަހަރު ތަކަށްވުރެ، މިފަހަރުގެ މުބާރާތުގެ ފޯރިގަދަވާނެ ކަމަށް ބެލެވޭތީއާ އެކު، މެޗްތައް ބެލުމަށް އެގައުމަށް ޒިއާރަތް ކުރާ އެއްތައް މިލައަން މީގުގެ ސަލާމަތީ ކަންތައްތައްވަރުގަދަ ކޮށް ބެލެހެއްޓުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކުރަން ޖެހޭނެ. އެތައްބާވަރު މީހުން އަންނާނެ. ޕޮލެންޑާއި ޔޫކުރޭންގެ ފުލުހުން މިކަންކަމަށް ސަމާލެވެ، ތައްޔާރު ވެގެން ތިބުމަކީ ވަރަށް މުހިންމު ކަމެއް" މިޝޭލް ޕްލެޓިނީ ބުންޏެވެ.

މިޝޭލް ޕްލެޓިނީ ވިދާޅުވީ، ސޯޅަ ގައުމަކުން ވާދަކުރާ މިމުބާރާތުގެ ފުރަތަމަ ދެ މެޗު ބެލުމަށް ގިނަ ބަޔަކު ޕޮލެންޑަށް އައުމަކީ ގަބޫލް ކުރެވޭ ކަމަކަށް ވާތީ، ސަލާމަތީ ކަންކަން ބެލުން މިހާރު ވެސް ވަރަށް ވަރުގަދައަށް ފައްޓަންޖެހިއްޖެ ކަމަށެވެ. އަދި މިކަހަލަ ބޮޑު މުބާރާތް ތަކަކީ ވަރަށް ފޯރިޔާއެކު ކުރިއަށްދާނެ މުބާރާތަކަށް ވުމުން، މުބާރާތުގެ ތެރޭގައި ތާފާތު ގިނަ ބޮޑެތި މައްސަލަ ތަކާ ކުރިމަތި ލާން ޖެހުމަކީ، މާކަ ބޮޑު މައްސަލައެއް ނޫން ކަމަށް ވިޔަސް، އެކަން ކަން ހައްލުކުރުމަށް ތައްޔާރު ވެގެން ތިބުމަކީ ރަނގަޅު ގޮތެއް ކަމަށެވެ.

ޖޫން މަހުގެ އަށް ވަނަ ދު ވަހު ކުޅޭ ފުރަތަމަ ދެ މެޗުގައި ބައްދަލު ކުރާ ދެޓީމަކީ، މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަކުރާ ޕޮލެންޑާއި ގްރީސް ބައްދަލުކުރާ މެޗާއި ރަސިޔާ އާއި ޗެކްރިޕަބުލިކް ބައްދަލުކުރާ މެވެ.

މިމުބާރާތުގެ މެޗްތައް ބެލުމަށް ޓަކައި ދަނޑަށް ވަން މީހުންގެ ޓިކެޓު މިހާރުވެސް ވަނީ އޮންލައިންކޮށް ވިއްކަން ފަށާއިފައެވެ. އަދި ހަމައެޔާއެކު ޓިކެޓުގެ އަގުތައް ކަޅުބާޒާރުގައި ވަރަށް އަގު ބޮޑުކޮށް ވިއްކާކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން ދެ ހާސް އަށްވަނައަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަނުން ނަކީ ފީފާ ރޭންކިންގެ އެންމެ ކުރީގައި މިވަގުތު އޮތް ސްޕެއިންނެވެ. އަދި އެގައުމު ވަނީ މިމުބާރާތުގެ ޗެމްޕިއަންކަން 1964 ވަނަ އަހަރުވެސް ހޯދައިފައެވެ.