13 Apr 2012, 21:35
ސާދަ ވަނަ މައިލޯ އިންޓަސުކޫލް ބާސްކެޓް މުބާރާތުގު 16 އަހަރުން ދަށުގެ އަންހެން ކުދިގެ ބައިގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ހިރިޔާ ސުކޫލުން ރަނގަޅަށް ފަށައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ބާސްކެޓް ކޯޓުގައި އިއްޔެ ކުޅުނު މިމެޗް ހިރިޔާ ސުކޫލުން ކާމިޔާބު ކުރީ ތާޖުއްދީނާ ވާދަކޮށް 37 ޕޮއިންޓް 24 ޕޮއިންޓުން ނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހިރިޔާ ސުކޫލަށް 19 ޕޮއިންޓު ކާމިޔާބު ކޮށްދިން ރިފާ އިބުރާހިމް އެވެ.
ސޯޅަ އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގައި ވާދަކުރާ ހަތަރު ޓީމަކީ އަމީނިއްޔާ، ހިރިޔާ، އިމާދުއްދީން އަދި ތާޖުއްދީނެވެ.
މުބާރާތުގެ ދެ ވަނަ މެޗުގައި އިއްޔެ ކުޅުނު 14 އަހަރުން ދަށުގެ ފިރިހެން ކުގެ ބައިގެ މެޗް މަޖީދިއްޔާ އިން ކާމިޔާބު ކުރީ އިގާސުއްދީން އިންޓަނޭޝަނަލް ސުކާލާ ވާދަކޮށް 29 ޕޮއިންޓް 11 ޕޮއިންޓުން ނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މަޖީދިއްޔާ ސުކޫލަށް 15 ޕޮއިންޓު ކާމިޔާބުކޮށް ދިން އަލީ އުސާމް އާމިރެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ވާދަކުރާ ހަތް ސުކޫލަކީ ދަރުމަވަންތަ، ގާޒީ، ދިޔާސުއްދީން، އިސްކަންދަރު، ޖަމާލުއްދީން، މަޖީދިއްޔާ އަދި ތާޖުއްދީނެވެ.
އަންހެން ފިރިހެން ވަކިން، ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ޖުމްލަ 33 ޓީމް ވަނީ ބައިވެރި ވެފަ އެވެ. އެއީ ފިރިހެން ކުދިންގެ 18 ޓީމާއި އަންހެން ކުދިންގެ 15 ޓީމެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ސީނިއާ ބައިގެ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލެވެ. އަދި ޖޫނިއާ ބައިގައި ހިމެނޭ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަންހ ހޯދީ މަޖީދިއްޔާ އެވެ.
މި މުބާރާތުގައި މާދަމާ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، މާދަމާ ކުޅޭ އަންހެން ކުދިންގެ ބައިގެ 14 އަހަރުން ދަށުގެ ޖޫނިއާ ބައިގައި ދެ މެޗް ކުޅެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި މާދަމާ ހަވީރު އަމީނިއްޔާ އާއި ދެކޮލަށް ތާޖުއްދީން ނިކުންނަ އިރު، މާދަމާގެ ދެ ވަނަ މެޗުގައި ރޭ ގަނޑު 7:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ޖަމާލުއްދީނާއި ގިޔާސުއްދީނެވެ.
އަދި މީގެ އިތުރުން މާދަމާ ކުޅޭ އަންހެން ބައިގެ 12 އަހަރުން ދަށުގެ ޖޫނިއާ ބައިގައި ބައްދަލުކުރާ ދެ ޓީމަކީ ކަލާފާނާއި ގިޔާސުއްދީން މާދަމާ މެންދުރު 2:45ގައި ބައްދަލުކުރާ މެޗާއި ބިލަބޮން އާއި ދެކޮލަށް ޖަމާލުއްދީން މާދަމާ 3:45ގައި ބައްދަލުކުރާ މެޗެވެ.