މިއަދު އިރުއޮއްސުނު ވަގުތު ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖެއްގެ ބޯފަޅައިގެން ހިނގައްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު އިރުއޮއްސި 6:00 ޖަހާ އެހާކަން ހާއިރު ދެ މީހުންނާއި އެކު ހުޅުމާލޭ ނިރޮޅު މަގުން އުތުރުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި އެ ވަގުތު ހިނގާފަ ދިޔަ ހަތް އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ޖެހިގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓްގައި ފިރިހެން ކުއްޖާގެ ބޯފަޅައިގެން ގޮސް ސައިކަލް ދުއްވަން އިން މީހާއާއި ސައިކަލްގެ ފަހަތުގައި އިން މީހާ އަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާކަމަށާއި ތިން މީހުންނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާކަމަށެވެ.