މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ފަޒީން ހަމަޖައްސައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރަކު މިއަދު ވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ނައިބު ރައީސް ކަމަށް ފަޒީން ހަމަޖެއްސިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިީ މިއަދު ކަމަށެވެ.

ފަޒީން ބްރޯޑްކޮމްގެ ނައިބު ރައީސް ކަމަށް ހަމަޖައްސާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ގައިސް މި މަހުގެ ނުވަ ވަނަ ދުވަހު އިސްތިއުފާ ދެއްވަމުންނެވެ.

ގައިސް އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑިޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕޭނަށް ވަގުތުދެއްވުމަށެވެ.

ގައިސް އިސްތިއުފާ ދެއްވުމުން، ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެ މަގާމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅަން ޖެހޭނީ އަންނަ އާދިއްތަ ދުވަހާއި ހޯމަދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.