19 Jan 2023, 08:40
ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ލޮނުޒިޔާރަތް މަގު ޗާކޯލް ކެފޭ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމުގެ މައުލޫމާތު ރޭ 00:37 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ. އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މާލޭގައި ދޭތެރެދޭތެރެއަކުން މިފަދަ މާރާމާރީތައް ހިނގައެވެ. އެކަން ކޮންޓްރޯލް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ހާއްސަ ޓާސްކް ފޯހެއް ވެސް އެކުލަވައިލައިފައެވެ.