13 Apr 2012, 16:51
މއ. ނާރެސްގެއިން ރޭ ވައްގަށް ނަގާފައިވާ ލެޕްޓޮޕަކާއި ފޯނެއް ހޯދައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ފުލުހުން މިއަދު ހައްޔަރު ކުރީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ ސ. ހުޅުދޫ ރަންކޮކާގެ ޝިމާޒް މުހައްމަދު،28 އާއި ހަމަ އެރަށު ޑިވައިންޓެސްޓް، ބަދީއުޒަމާން،28 ކަމަށެވެ.
ފުލުހުން ބުނީ މަސްވެރިންގެ ޕާކްސަރަހައްދުގައި ޝިމާޒު ހުއްޓާ އޭނާގެ އަމަލުތައް ހުރިގޮތުން އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރި އިރު އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލެޕްޓޮޕަކާއި ފޯނެއް ފެނިފައިވާކަމަށެވެ.
އަދި އޭނާ ހައްޔަރުކޮށް ސުވާލުކުރުމުން ލެޕްޓޮޕާއި ފޯނުގެ ޗާޖަރު ބަދީއުގެ އަތުގައިއޮތް ކަމަށް އޭނާ ބުނުމުން ބަދީއުވެސް ހައްޔަރުކޮށް އޭނާގެ އަތުން ލެޕްޓޮޕާއި ފޯނުގެ ޗާޖަރު ހޯދާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މިހާރު އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.