19 Jan 2023, 09:21
މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑް އާއި މޮޑެލް ކްރިސީ ޓީގަންގެ ދެމަފިރިންނަށް ތިން ވަނަ ދަރިއަކު ލިބިއްޖެއެވެ.
ދެމަފިރިންނަށް ތިން ވަނަ ދަރިއަކު ލިބިފައިވާކަން އިއުލާނު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. ދެމަފިރިންނަށް ދަރިއަކު ލިބިފައިވާކަން އިއުލާނުކޮށްފައި ވަނީ ލެޖެންޑް އޭނާ ދިން ޕްރައިވެޓް ކޮންސާޓެއްގެ ތެރޭގައެވެ.
ލެޖެންޑް ބުނިގޮތުގައި ހުކުރު ދުވަހުގެ ހެނދުނު ދެމަފިރިންނަށް ވަނީ އިތުރު ދަރިއެއް ލިބިފައެވެ. ދެމީހުންނަށް ލިބިފައިވަނީ ކޮން ކަހަލަ ދަރިއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކްރިސީގެ ހާލު ރަނގަޅު ކަމަށް ލެޖެންޑް ބުނެއެވެ.
View this post on Instagram
ދެމީހުންނަށް ދަރިއަކު ލިބިފައިވަނީ އެބޯޝަނަކަށް ފަހުގައެވެ. ކްރިސީ ވަނީ 2020 ވަނަ އަހަރުގައި ބަނޑުބޮޑުވެފައެވެ. ދެމީހުންނަށް ފިރިހެން ކުއްޖެއް ލިބޭ ކަމަށް އުއްމީދުކޮށްގެން ތިބިއިރު ކްރިސީގެ ފުރާނައަށް ނުރައްކާ ވުމުގެ ސަބަބުން ދެމަފިރިން ނިންމާފައިވަނީ އެބޯޝަނަށެވެ. އޭރު ވަނީ ދަރިއަށް ނަން ވެސް ދީފައެވެ.
އެއަށްފަހު ކްރިސީ އަނެއްކާ ބަނޑުބޮޑުވެ އިން ކަން އިއުލާނުކޮށްފައިވަނީ އޯގަސްޓު މަހުގެ ތެރޭގައެވެ. އަދި ދަރިފުޅުގެ އެބޯޝަނަށް ފަހު ބަނޑުބޮޑުވުމުން އެކަމުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި ދަރިފުޅަށް ގެއްލުމެއް ވެދާނެތީ އެކަމާ ބިރުން ހުރި ކަމަށް ވެސް ކްރިސީ ހާމަކުރިއެވެ.
ކްރިސީ އާއި ލެޖެންޑާ ދެމީހުންނަށް އަލަށް ލިބުނު ދަރިފުޅުގެ ކުރިން ވެސް ދެމީހުންނަށް ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައެވެ. އެގޮތުން ދޮށްޓަށް ހުންނަނީ ހަ އަހަރުގެ ލޫނާއެވެ. ލޫނާ އާ ޖެހިގެން ހުންނަނީ ހަތަރު އަހަރުގެ މައިލްސްއެވެ.