މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޮމޭޒް އަހަރުތަކަކަށް ފަހު އެންމެ ފަހުން ސިންގަލް ނޫން ކަން ހާމަވެއްޖެއެވެ.

ސެލީނާ މިހާރު އުޅެނީ މީހަކާއެކު ލޯބީގެ ގޮތުން ގުޅިގެން ކަމަށް ބޭރުގެ ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

އެގޮތުން ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރަނީ ސެލީނާ އާއި މަޝްހޫރު އީޑީއެމް ބޭންޑު "ޗެއިންސްމޯކާސް"ގެ މެމްބަރު އެންޑްރޫ ޓަގާޓް ވަނީ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށެވެ. އަދި ދެމީހުންގެ ގުޅުން ސިއްރު ކޮށްގެން އުޅެން ބޭނުން ނުވާ ކަމަށް ވެސް ނޫސްތަކުން ބުނެއެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ "އަސް ވީކްލީ" އަށް އިންސައިޑާއެއް މައުލޫމާތު ދިން ގޮތުގައި ދެމީހުން އެކީ ބައްދަލުވެ އުޅެނީ އަގުބޮޑު އަދި އެކްސްކްލޫސިވް ތަންތަނުންނެއް ނޫނެވެ. އޭގެ ބަދަލުގައި ދެމީހުންވެސް ބައްދަލުވެ އުޅެނީ ގިނަ މީހުން ގޮސް އުޅޭ ތަންތަނަކަށް މައުލޫމާތު ދެއެވެ.

ބައެއް ނޫސްތަކަށް ވަނީ ދެމީހުން އެކީގައި ބޭރުގައި އުޅުނު އިރުގެ ފޮޓޯތައް ވެސް ލިބިފައެވެ. އޭގެތެރޭގައި ދެމީހުން ބޯލިން އަށް ގޮސް އުޅުނުއިރުގެ ފޮޓޯތަކެއް ހިމެނެއެވެ.

އެންޑްރޫ ސެލީނާ އާއެކު އުޅޭ ކަމުގެ ވާހަކަތައް ދެކެވެން ފަށާފައިވަނީ އޭނާ އާއި އީވް ޖޮބްސް އާ އެކީގައި އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވުނުތާ ހަތަރު މަސް ފަހުންނެވެ. އީވްސް ޖޮބްސް އަކީ އެޕަލްގެ ކޯ ފައުންޑާ ސްޓީވް ޖޮބްސްގެ ހަގު އަންހެން ދަރިފުޅެވެ.

ސެލީނާގެ ގުޅުންތަކުގެ ތެރޭގައި އެންމެ ޕަބްލިކް ގުޅުމަކީ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއެވެ. ދެމީހުން އެކި ފަހަރު މަތިން ވަކިވިއިރު އެންމެފަހުން ގުޅުން ކަނޑާލީ 2012 ވަނަ އަހަރުގައެވެ. އެއަށްފަހު ލަވަކިޔުންތެރިޔާ ވީކެންޑް އަދި އީޑީއެމް އާޓިސްޓް ޒެޑް އާއެކު ސެލީނާ އުޅުނެވެ. ނަމަވެސް އެއަށްފަހު ސެލީނާގެ ގުޅުންތަކުގެ އެއްވެސް ވާހަކަތަކެއް އާންމުވެފައެއް ނުވެއެވެ.