13 Apr 2012, 14:29
ތައުލީމީ ފުރުސަތުތަކާ ގުޅޭ ގޮތުން ދިވެހިންނަށް މައުލޫމާތު ދިނުމަށް ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަސިޓީ އާއި އިންޑިއާގެ ޔުނިވަސިޓީތައް ބައިވެރިވާ ފެއާއެއް އިއްޔެ ދަރުބާރުގޭގައި ހުޅުވައިފި އެވެ.
އަސަރީ ސާވިސަސް އިން އިންތިޒާމުކޮށްގެން، އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް އޮންނަ ފެއާ، އިއްޔެ ހުޅުވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދެވެ.
އެ ފެއާއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އަސަރީ ސާވިސްގެ މެނޭޖިން ޑިރެކްޓަރު އައިޝަތު މުއީނާ ވިދާޅުވީ މި ފެއާގައި ރާއްޖެ އިން ބޭރުން މުޅި ޖުމުލަ 32 ފަރާތަކުން ބައިވެރިވެފައިވާ ކަމަށާއި ފެއާގައި ތައުލީމީ ދާއިރާ އިން ވަރަށް ގިނަ ގުނަ މައުލޫމާތުތަކެއް ލިބޭނެ ކަމަށެވެ.
"އަޅުގަޑުމެންގެ އަމާޒަކީ ތައުލީމީ ދާއިރާއާ ބެހޭ ހުރިހާ މައުލޫމާތެއް ފަސޭހަކަމާ އެކު ލިބޭ ފެއާ އަކަށް މި ފެއާ ހެދުން،" މުއީނާ ވިދާޅުވި އެވެ.
އަސަރީ ސާވިސް އިން ވަނީ މިދިޔަ ދެ އަހަރު ތެރޭގައި ވެސް އެ ފަދަ ފެއާތަކެއް ބާއްވައިފަ އެވެ.