17 Jan 2023, 08:40
މަޝްހޫރު ބިރުވެރި ވީޑިއޯ ގޭމަށް ބިނާކޮށް އެޗްބީއޯއިން ތައްޔާރުކުރި "ލާސްޓް އޮފް އަސް" ޝޯ ގިނަ ބަޔަކަށް ކަމުގޮސް ހިޓަކަށް ވާނެ ކަމުގެ އިޝާރާތް ކޮށްފިއެވެ.
"ލާސްޓް އޮފް އަސް" ނަމަކަށް ކިޔާ ގޭމަށް ބިނާކޮށް އެ ނަމުގައި ލައިވް އެކްޝަން ޓީވީ ޝޯއެއް ތައްޔާރުކޮށް އެންމެފަހުން ޕްރިމިއާ ކޮށްފައިވަނީ އިއްޔެއެވެ. ޝޯއެއް އުފައްދާނެ ކަން އިއުލާނު ކުރިތާ ހަތަރު އަހަރު ފަހުން އެންމެ ފަހުން އާންމުންނަށް ދެން ޝޯ ބަލަން ލިބޭނެއެވެ.
އެޗްބީއޯ މެކްސް އިން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ ޝޯގެ ދިގު ޕްރިމިއާ އާއެކު ގިނަ ބައެއްގެ މެދުގައި ޝޯއަށް ބޮޑު މަގުބޫލުކަމެއް ވަނީ އުފެދިފައެވެ. ކްރިޓީކުންގެ ފަރާތުންވެސް ޝޯއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
https://www.youtube.com/watch?v=E5tSO9aR2Ds
ކްރިޓީކުންގެ ރިވިއުތައް މިހާރު އާންމުވެފައިވާއިރު ބޮޑެތި އެތައް ކްރިޓީކުންގެ ފަރާތުން އެ ޝޯގެ ޕްރިމިއާއަށް އަންނަނީ ވަރަށް މަތިން ރޭޓިން ލިބެމުންނެވެ. "އެމްޕަޔާ މެގަޒިން" އިން ވަނީ ޝޯއަށް ފަސް ތަރީގެ ރޭޓިން އެއް ދީފައެވެ. އައިއެމްޑީބީ އިން އެ ޝޯއަށް ދީފައިވާ ރޭޓިން އުޅެނީ ނުވަ ތަރީން މަތީގައެވެ.
ލާސްޓް އޮފް އަސް އަކީ ކުއްލި ގޮތަކަށް ދުނިޔެއަށް ފެތުރޭ ވައިރަހެއްގެ ސަބަބުން "ޒޯމްބީސް" ޒާތުގެ އެއްޗެހިތަކެއް އުފެދިގެން އައުމާއެކު ކަންތައް ވެގެންދާ ގޮތް ދައްކުވައިދޭ ގޭމެކެވެ. މި ގޭމުގައި އަލިއަޅުވާލާނީ ޖޯލް އާއި އެލީގެ ދިރިއުޅުމަށެވެ. ޖޯލްގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅު އެލީ ބަލަން ޖެހި އޭނާ ސަލާމަތްކޮށް ދެމީހުންގެ ދެމެދުގައި ބައްޕައާއި ދަރިއެއްގެ ދެމެދުގައި އޮންނަ ގުޅުން އުފެދޭ މަންޒަރު ގޭމުން ފެނިގެންދާނެއެވެ. ޖޯލްގެ ރޯލުން ޝޯގައި ފެނިގެންދާނީ ޕެޑްރޯ ޕާސްކަލްއެވެ. އަދި އެލީގެ ރޯލުން ފެނިގެންދާނީ ބެލާ ރާމްޒޭއެވެ.
މި ޝޯގެ ފުރަތަމަ ސީޒަންގައި ނުވަ އެޕިސޯޑު ނެރުމަށް ވަނީ ހަމަޖެހިފައެވެ.