12 Apr 2012, 14:08
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
އެ ދަތުރުފުޅުގައި ރައީސް ފުރަތަމަ ވަޑައިގަންނަވާނީ އެ އަތޮޅު ގުރައިދުއަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ދަތުރުފުޅު ތ އަތޮޅަށް ފައްޓަވާފައި މި ވަނީ ރައްޔިތުން މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ގޮޑީގެ ބައިއިލެކްޝަން އަންނަ ހޮނިހިރު ދުވަހަށް ޝެޑިއުލްކޮށްފައި ވަނިކޮށެވެ. ރައީސްގެ އެ ދަތުރުފުޅުގައި ތިމަރަފުއްޓަށް ވަޑައިގަންނަވާނެ ކަންވެސް ވަނީ އެނގިފަ އެވެ.
ކުރީގެ ރައީސް މުހަންމަދު ނަޝީދުވެސް އިއްޔެ ވަނީ ތ އަތޮޅަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.