12 Apr 2012, 12:14
ސްޕެނިސް ލީގުގެ ދެ ވަނަގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ރެއާލް އިން އަނެއް ކާވެސް ހަތަރު ޕޮއިންޓަށް ބޮޑުކުރި އިރު މި ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ހަތްވަނަ ހެޓްރިކް ހަދައިފި އެވެ.
ރެއާލް އިން ފަރަގު ބޮޑު ކުރީ ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗް 4-1 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
ރޭ ދަންވަރު ކުޅުނު މިމެޗުގައި ރެއާލްގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހޯސޭ ކަލެޔޮން އެވެ.
ރޭގެ މެޗުގައި އެތުލެޓިކޯ މެޑްރިޑުން ޖެހި އެޓީމުގެ ހަމައެކަނި މެޗުގެ ދެ ވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފަލްކާއޯ އެވެ.
.
ރޭގެ މޮޅާއެކު ތާވަލްގެ އެއް ވަނާގައި ރެއާލް މިހާރު އޮތީ 82 ޕޮއިންޓާ އެކު އެވެ. އަދި ދެ ވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ 78 ޕޮއިންޓާ އެކު އެވެ.
ރޭގެ މެޗަށް ފަހު ރޮނާލްޑޯ ބުނީ، ލީގުގައި އަދި ރެއާލްއަށް ބާކީ ހަ މެޗު ކުޅެން ޖެހިފައިވާ ކަމަށާއި އެ ހަ މެޗަކީ ވަރަށް މުހިންމު ހަމެޗް ކަމަށެވެ. އެހެން ނަމަވެސް ލީގު ހޯދުމަށް ބާސާއިން އެކުރާ މަސައްކަތައް ރެއާލް އިން ކުޑަކޮށްވެސް ދޫނުދޭނެ ކަމަށާއި ރެއާލްގެ ކުޅުންތެރިންގެ އަޒުމަކަށް ވެފައި ވަނީ މިފަހަރުގެ ލީގު ކާމިޔާބު ކުރުން ކަމަށް ރޮނާލްޑޯ ބުންޏެވެ.
ސްޕެނިސް ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު، ރަޔޯ ވަޔަކާނޯ އާއި ދެކޮޅަށް ރޭ ކުޅުނު މެޗް ވެލެންސިޔާއިން ކާމިޔާބު ކުރީ 4-1 ލަނޑުންނެވެ. ރޭގެ މޮޅާއެކު ވެލެންސިޔާ ވަނީ ލީގުގެ ތިން ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެގޮތުން ތާވަލްގެ ތިން ވަނާގައި ވެލެންސިޔާ އޮތީ 52 ޕޮއިންޓް ހޯދައިގެން ނެވެ.
އަދި ލެވަންޓޭ އަތުން 3-2 ސްޕޯޓިން ގިޔޯ މޮޅުވިއިރު، ގަރަންޑާ އާއި ދެކޮޅަށް އެތުލެޓިކޯ ބިލްބާއޯ ބައްދަލުކުރި މެޗް ނިމުނީ 2-2 ލަނޑުން ދެޓީމް އެއް ވަރުވެގެން ނެވެ.