11 Jan 2023, 13:37
ދިރާގުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ފަސޭހަވާނެ އާ ބަދަލުތަކެއް ހިމަނާ، އެކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް އަޕްޑޭޓެއް ގެނެސްފިއެވެ.
މި އަޕްޑޭޓުގެ ދަށުން އެ ކުންފުނީގެ ކަސްޓަމަރުންނަށް އެމީހުންގެ އެކައުންޓްތަކާ ޚިދުމަތްތައް ފަސޭހަކަމާއެކު މެނޭޖުކުރެވޭނެއެވެ.
މި އަޕްޑޭޓާއެކު އަލަށް ހިމެނުނު ފީޗާ ތަކުގެ ތެރޭގައި:
މޮބައިލް ޕްލޭންތަކާއި ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަށް ބަދަލުކުރުން:
ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޯބައިލް ޕްލޭންތަކާއި ހޯމް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތައް ބަދަލުކުރެވޭނެއެވެ. ކުރިން މި ބަދަލު ގެނެވޭނީ ހަމައެކަނި ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށެވެ.- ތަފްސީލީ ބިލް ފެނުން:ރެސިޑެންޝަލް ކަސްޓަމަރުންނަށް ފާއިތުވި 12 މަސް ދުވަހުގެ ބިލްގެ ފުރިހަމަ ތަފުސީލް މިހާރު ދިރާގު އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ. ބިލްގެ މައުލޫމާތު ދިރާގު އެޕްއަށް ލޮގިންކޮށްލުމަށްފަހު "ވިއު ބިލްސް" ސެކްޝަނަށް ދިޔުމުން ހޯދޭނެއެވެ.
- އެޑް-އޮންސް ކެންސަލްކުރުން:ދިރާގު ޕޯސްޓްޕެއިޑް 150 އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުންނަށް މިހާރު ރިކަރަންޓް އެޑް-އޮންތައް އެއެޕްގައިވާ "އެޑް-އޮން ބެލެންސް" ބަޓަންއަސް ފިއްތާލައިގެން ކެންސަލް ކުރެވޭނެއެވެ.
ދިރާގުގެ އެޕް ގޫގުލް ޕްލޭ ސްޓޯރާއި އައިއޯއެސް އެޕް ސްޓޯރު މެދުވެރިކޮށް ކަސްޓަމަރުންނަށް އަޕްޑޭޓް ކުރެވޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންގެ ދިރިއުޅުން މުއްސަނދިކޮށް ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމުގައި އެކުންފުނިން އަބަދުވެސް ބުނެއެވެ.