ބްރައިޓް މައިންޑްސް ޓިއުޝަން އޭ ބުނުމުން އެއީ ކޮންތަނެއްކަން ނޭނގޭ މީހަކު މިއަދު ނުހުންނާނެއެވެ. އެތަނަކީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން، އެއް ޓިއުޝަން ކްލާހެއްގައި ހިމެނޭ ތަނެވެ. 700 އަށް ވުރެ ގިނަ ދަރިވަރުން މިއަދު އެތަނުން ދަނީ ޢިލްމު ޙާސިލް ކުރަމުންނެވެ.

އައު އަހަރާއެކު ބްރައިޓް މައިންޑްސް އިން ތަޢާރަފްކުރީ އައު ކަންކަމެވެ. އެ ޓިއުޝަން ސެންޓަރުގެ އޮންލައިން ޕްލެޓްފޯމްގެ އިތުރުން، އެ ޓިއުޝަން ސެންޓަރުގެ ލާނިންގް ސެންޓަރުވެސް ހުޅުވައިފިއެވެ..

މި އޮންލައިން ޕްލެޓްފޯމުން އިންޓަނެޓް ކަނެކްޝަނަކާ އެކު ރާއްޖޭގެ ކޮންމެ ތަނަކުން ވެސް ވަދެވޭނެއެވެ. މި ޕްލެޓްފޯމަކާއެކު ދަރިވަރުންނަށް ފަސޭހަކަމާއެކު ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވެ ކިޔެވޭނެއެވެ. މީގެ އިތުރުން ބްރައިޓް މައިންޑްސްގެ ލެސްން ލައިބްރަރީ ބޭނުންކޮށްގެން ބޭނުން ވަގުތަކު ބޭނުން ކޮންމެ ފިލާވަޅެއް ބަލާލުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ލިބެއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ދަރިވަރުންނަށް އެ ދަރިވަރުންގެ ޓީޗަރުންނަށް މެސެޖްކޮށް، ޝައްކު އުފެދިދާނެ ކަންކަން ސާފުކޮށް، ނަތީޖާ ރަނގަޅު ކުރުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެއެވެ.
މިހާރު ބްރައިޓް މައިންޑްސް އިން ވަނީ އެތަނުގެ ލާނިންގް ސެންޓާ ހުޅުވާފައެވެ. އޮންލައިން ކޮށް ހިންގަމުން އައި ޓިއުޝަން ސެންޓަރަުން އިންގިލާބީ ބަދަލެއް ގެނެސް، ހުޅުމާލޭގައި އެތަނުގެ ފުރަތަމަ ފިޒިކަލް ސެންޓާ ވަނީ ހުޅުވާފައެވެ. މި ލާނިން ސެންޓާ ހުންނާނީ ހުޅުމާލެ ނިރޮޅު މަގުގައި ހުންނަ އައިކެއާ އޮޕްޓިކަލްސްގެ ފިހާރައާއި ޖެހިގެންނެވެ.

ބްރައިޓްމައިންޑްސް އިން 6-12 އާއި ދެމެދުގެ ގްރޭޑްތަކަށް ނަގައިދޭ މާއްދާތަކުގެ ތެރޭގައި ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، ދިވެހީ، އިސްލާމް، އިކޮނޮމިކްސް، ބިޒްނަސް، އެކައުންޓިން، އިނގިރޭސި، ހިސާބު އަދި ސައިންސް ހިމެނެއެވެ.

ބްރައިޓް މައިންޑްސްގެ އެންމެ ޙާއްސަ ކަމަކީ އެތަނުގެ އެހީތެރިކަމާ އެކު ތަޢުލީމު ހާސިލް ކުރާ ދަރިވަރުންނަށް ހޯދައިދޭ ކާމިޔާބީއެވެ. ގްރޭޑް ހަޔަކުން ގްރޭޑް 12 ގެ ދަރިވަރުންނަށް މި ސެންޓަރުން ކިޔަވައިދޭއިރު، އެތަނުން ކިޔެވި ދަރިވަރުންގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ ދަރިވަރުންނަކީ އޭސްޓާ ނުވަތަ އޭ ގްރޭޑް ހޯދާ ދަރިވަރުންނެވެ.

އަދި ހަމަ އެހެންމެ، ހައި ސްކޫލް ދަރިވަރަކަށް ވިޔަސް ނުވަތަ އެކި ހުނަރުތައް ދަސްކުރާ ދަރިވަރަކަށް ވިޔަސް، އިމްތިހާނުތަކުން ރަނގަޅު މާކްސް ހޯދުމަށް ބޭނުންވާ އެކި ގޮތްތައް މި ޓިއުޝަން ސެންޓަރުން ދަސްކޮށްދޭނެއެވެ.

މިކަމާ ގުޅިގެން އެ ސެންޓަރުގެ ކޯ ފައުންޑަރ އަފްލަހު ވިދާޅުވީ އައު އަހަރަށް ދަރިވަރުންނަށް އަލުން ހުޅުވާލާއިރު، އޮންލައިންކޮށް ވިޔަސް ނުވަތަ ލާނިންގ ސެންޓަރުގައި ވިޔަސް ފެންވަރު ރަނގަޅު ތައުލީމެއް ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބްރައިޓް މައިންޑްސް ޓިއުޝަނަކީ ރާއްޖޭގެ އެންމެ އަގުހެޔޮ ޓިއުޝަން ސެންޓަރުވެސް މެއެވެ. ކޮވިޑްގެ ސަބަބުން ފުރަތަމަ ދެ މަހު، އެއްވެސް ފީއެއް ނުނަގައި އެތަނުގެ ކިޔެވުން ފެށި ނަމަވެސް، އޭގެ ދެ މަސް ފަހުން 199 ރުފިޔާގެ ފީއެއް އެ ތަނުން ނަގަން ފެށިއެވެ.

އަދި އޭގެ އަހަރެއް ފަހުން، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 299 ރުފިޔާގެ ފީއެއް އެތަނުން ނަގަން ފެށިއެވެ. މި އަގަކީ މިހާރުވެސް ރާއްޖޭގެ އެހެނިހެން ޓިއުޝަން ސެންޓަރުތަކުން ނަގާ ފީތަކަށް ވުރެ ބޮޑު ތަނުން ހެޔޮ އަގުތަކެކެވެ.

ބްރައިޓް މައިންޑްސްގެ ލާނިން ސެންޓަރަށް ގޮސް ނުވަތަ އޮންލައިން ކޮށް ކްލާސްތަކުގައި ބައިވެރިވުމަށް އެ ސެންޓަރުގެވެބްސައިޓްއިން ރަޖިސްޓާރ ކޮށްލެވޭނެއެވެ.

އަމިއްލަ ގޭގައި ތިބެގެން ފެންވަރު ރަނގަޅު ތައުލީމެއް ހޯދުމުގެ ފުރުސަތު ގެއްލިގެން ނުދާށެވެ. މިއަދު ބްރައިޓްމައިންޑްސްގައި ރަޖިސްޓްރީވެ، ތައުލީމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފުރަތަމަ ފިޔަވަޅު އަޅާށެވެ. ތަޖުރިބާކާރު ޓީޗަރުންގެ ޓީމާއި، ފްލެކްސިބަލް އޮންލައިން ޕްލެޓްފޯމާއި، ގެރެންޓީ ނަތީޖާ ހޯދުމަށް މިއީ އެންމެ ރަނގަޅު ޗޮއިސްއެވެ.