12 Apr 2012, 12:03
އައިމިނަތު ނިޔާޒާ އަދި އަހުމަދު އާޒިފް
----
ދޮންދަރިއަކާ މެދު ޖިންސީ ގުޅުން ހިންގި މީހަކު 15 އަހަރަށް ޖަލަށް ލުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި 15 އަހަރަށް ޖަލަށް ލުމަށް މިއަދު ހުކުމް ކުރީ އެއަތޮޅު މަޑުއްވަރި އަލަނާސިގޭ، އަހުމަދު އަސްލަމްގެ މައްޗަށެވެ. ދޮންދަރިއަކާ މެދު ޖިންސީ އަމަލު ހިންގައިގެން 15 އަހަރަށް އޭނާ ޖަލަށް ލުމަށް މިއަދު ހުކުމްކުރި އިރު އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ކުށް ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ހަތަރު މަހަށް ޖަލަށް ލުމަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ޖިންސީގޯނާ ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންދިއުމުގައި ރ. އުނގުފާރު ފުލުހުން ބޮޑު ކާމިޔާބީ އެއް ހޯދާފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހު ފުލުހުން އާންމު ކުރި ބަޔާނެއްގައި ވަނީ ބުނެފަ އެވެ. ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ބަލަމުންގެންދަނީ ފުލުހުންނާ ރ. ދުވާފަރުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސްސެންޓަރު ގުޅިގެންނެވެ.