12 Apr 2012, 10:53
ރާއްޖޭގެ ބައެއް އަތޮޅުތަކާއި ރަށްތަކަށް ސީ ޕުލޭންގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
އެ އޮޓޯރިޓީން ބުނީ އެކަމާގުޅޭ މަޝްވަރާތަށް މިހާރު ކުރިއަށް ދާ ކަމަށާއި އެ ހިދުމަތް ވަރަށް ކައިރީ މުސްތަގުބަލެއްގައި ފެށޭނެ ކަމަށެވެ. އެގޮތުން ހިދުމަތް އެންމެ ފުރަތަމަ ފަށާނީ ރާއްޖޭގެ އުތުރުން ރ. އަލިފުށްޓާއި ށ. ފުނަދޫ އަދި ދެކުނުން މ .މުލީ އާއި ދ.ކުޑަހުވަދޫ އަށެވެ. އަދި ކ. ކާށިދޫ އާއި ކ.ގާފަރަށް ވެސް ހިދުމަތް ފެއްޓުމަށް މަޝްވަރާކުރެވިފައިވާ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ ސީޕްލޭންގެ ހިދުމަތް އަތޮޅުތަކަށް ދިނުމަށް ނިންމީ މާލެއަށް އައުމުގައި ދަތިތަން އަތޮޅުތަކަށް ކުރިމަތިވެފައިވާތީ ކަމަށެވެ.