10 Jan 2023, 12:59
ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ވީނުވީއެއް ނޭނގިގެން އޭނާ ހޯދަމަމުން އަންނަނިކޮށް އެންމެ ފަހުން އޭނާ ފެނިއްޖެއެވެ.
ޖޯޖް ފްލޮއިޑްގެ މަރާ ގުޅޭގޮތުން ދެއްކި ވާހަކަތަކާއި އެންޓި ސެމިޓިކް ކޮމެންޓުތަކާއެކު ސޯޝަލް މީޑިއާއިން ވަނީ ކާންޔޭ ވެސްޓް ސަސްޕެންޑު ކޮށްފައެވެ. އެ ކޮމެންޓުތަކާ ގުޅިގެން ބޮޑެތި ކުންފުނިތަކާއެކު ކާންޔޭ ވެފައިވާ އެއްބަސްވުންތައް ވެސް ވަނީ ގެއްލިފައެވެ.
އެއަށް ފަހު ދެން އިވުނީ ކާންޔޭ އުޅޭ ނޫޅޭ ތަނެއް ނޭނގިގެން އެތައް ހަފުތާއެއް އޭނާ ހޯދަމުން އަންނަ ވާހަކައެވެ. ގިނަ ބަޔަކަށް އޭނާ ސޯޝަލް މީޑިއާއިން ވެސް ގެއްލިފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ.
ކާންޔޭ ގެއްލިގެން އުޅުނުކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ އޭނާގެ ކުރީގެ މެނޭޖަރު ތޯމަސް ސެއިންޓް ޖޯންއަށެވެ. އޭނާއަށް ކާންޔޭ ވީނުވީއެއް ނޭނގިގެން އުޅުނީ ކާންޔޭއާ ދެކޮޅަށް އޭނާ އުފުލާ މައްސަލައެއްގެ ކަރުދާސްތައް ހަވާލުކުރުމަށް ދިޔުމުން އޭނާ ނުފެނުމުންނެވެ. އޭނާ އުޅޭ ތަނެއް އަދި އޭނާއަށް ގުޅޭނެ ގޮތެއް ޖޯން އަކަށް ނޭންގުނެވެ.
ނަމަވެސް ބޭރުގެ ބައެއް ނޫސްތަކުން މިހާރު ބުނާގޮތުގައި ކާންޔޭ ވަނީ ދާދިފަހުން ފެނިފައެވެ. ދާދި ފަހުން އޭނާ ފެނިފައިވަނީ އެމެރިކާގެ ޗާޗެއް ދޮށުގައި ހުއްޓައެވެ. އޭނާ ފެނިފައިވަނީ ބައެއް ފޭނުންތަކަށް ކަމަށް ރިޕޯޓުކުރެއެވެ.
އެހެންވެ، ކާންޔޭއަށް އެއްވެސް ކަމެއް ނުވާ ކަމަށާއި އޭނާ މިހާރު ނުފެނި އެ އުޅެނީ ގަސްދުގައި ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.