މިއަހަރު ރާއްޖޭން ބައިނަލްއަގްވާމީ ފަސް ބެޑްމިންޓަން މުބާރާތެއްގައި ބައިވެރިވާން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އިން ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ވަނީ މިއަހަރު ރާއްޖޭން ބައިވެރިވާނެ ބެޑްމިންޓަން މުބާރާތްތަކާއި ރާއްޖޭގައި ބާއްވާނެ ބެޑްމިންޓަން މުބާރާތްތަކުގެ ތާވަލެއް ނެރެފައެވެ.

އެ ތާވަލުގައިވާގޮތުން ރާއްޖޭން ބައިވެރިވާ ފުރަތަމަ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތަކީ މޯލްޑިވްސް އިންޓަނޭޝަލް ޗެލެންޖެވެ. އެއީ އެހެނިހެން ގައުމުަތަކަށް ދައުވަތުދީގެން މުޅިން އަލަށް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ. އެ މުބާރާތް ތާވަލުކޮށްފައި އޮތީ މޭ މަހުގެ ފަސް ވަނަ ދުވަހުން 10ވަނަ ދުވަހަށެވެ.

މީގެ އިތުރުން އަންނަ ޖޫން މަހުގެ ފަަސް ވަނަ ދުވަހުން އެ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ލިނިން މޯލްޑްވިސް އިންޓަނޭޝަނަލް ޗެލެންޖް ބާއްވަން ވެސް ވަނީ ތާވަލުކޮށްފައެވެ. އެ މުބާރާތަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ.

ރާއްޖޭން މިއަހަރު ބައިވެރިވާނެ ތިންވަނަ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތަކީ މޯލްޑިވްސް އިންޓަނޭޝަލް ސީރީސްއެވެ. އަންނަ އޮގަސްޓް މަހުގެ 15ވަނަ ދުވަހުން 20 ވަނަ ދުވަހަށް ބާއްވާ އެ މުބާރާތް ހޯސްޓު ކުރާނީ ރާއްޖޭންނެވެ.

އަންނަ އޮގަސްޓު މަހުގެ 25ވަނަ ދުވަހުން ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހަށް ބާއްވަން ޝެޑިއުލްކޮށްފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަކީ ރާއްޖޭން ބައިވެރިވާނެ ހަތަރުވަނަ ބައިނަލްއަގްވާމީ މުބާރާތެވެ. އެ މުބާރާތް އޮންނާނީ މަޑަގަސްކަރައިގައެވެ.

ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ބެޑްމިންޓަން މުބާރާތްތައް

  • އިންޓަ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންސް ލީގް (3-11 މާޗް)
  • ރަމަޒާން ބެޑްމިންޓަން ޓޯނެމަންޓް (30 މާޗު - 6 އޭޕްރީލް)
  • ބެޑްމިންޓަން އެސޯސިއޭޝަން މިކްސްޑް ޓީމް ޗެމްޕިއަންޝިޕް 2023 (14 -19 މޭ)
  • ވެޓެރަން މާސްޓާސް ކަޕް (23-28 މޭ)
  • 49 ވަނަ ނޭޝަނަލް ބެޑްމިންޓަން ޓޯނެމެންޓް (20-27 ޖޫން)
  • 14 ވަނަ އެޓޯލް ލީގް ބެޑްމިންޓަން ޓޯނެމެންޓް (8-15 ޖުލައި)
  • ގަވާމެންޓް އޮފީސް/ކޮމްޕެނީ ބެޑްމިންޓަން ޓޯނަމެންޓް 2023 (23-30 ޖުލައި)
  • އިންޓަ ސްކޫލް ބެޑްމިންޓަން ޓޯނަމެންޓް - ނޯތު/ސެންޓްރަލް (20-27 ސެޕްޓެމްބަރު)
  • އިންޓަ ސްކޫލް ބެޑްމިންޓަން ޓޯނަމެންޓް - ސެންޓްރަލް/މާލެ (20-27 އޮކްޓޯބަރު)
  • އިންޓަ ސްކޫލް ބެޑްމިންޓަން ޓޯނަމެންޓް - ސައުތު/ސައުތު ސެންޓްރަލް (5-12 އޮކްޓޯބަރު)
  • އެކްސްޕެޓްރިއެޓްސް ބެޑްމިންޓަން ޗެމްޕިއަންޝިޕް (25 އޮކްޓޯބަރު - 1 ނޮވެމްބަރު)
  • އިންޓަ ކޮލެޖު/ޔުނިވާސިޓީ ބެޑްމިންޓަން ޓޯނަމެންޓް (7-14 ނޮވެމްބަރު)
  • ބެޑްމިންޓަން އެސޯސިއޭޝަން ޕްރެސިޑެންޓްސް ޗެމްޕިއަންޝިޕް (20-27 ނޮވެމްބަރު)

މިއަހަރު ރާއްޖޭން ބައިވެރިވާނެ އެންމެ ފަހު ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތަކީ އޭޝިއަން ގޭމްސްއެވެ. ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހަށް ބާއްވާ އޭޝިއަން ގޭމްސްއަކީ މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ މުބާރާތެކެވެ. ޗަައިނާގައި ބޭއްވަމަށް ނިންމާފައިވާ އެ މުބާރާތް އަންނަ އަހަރަށް ފަސްކުރީ އެ ގައުމުގައި ކޮވިޑް-19ގެ ހާލަތު މިއަހަރު ވެސް މުޅިން ރަނގަޅު ނުވާތީއެވެ.