08 Jan 2023, 10:04
ފުރަތަމަ ޓާމުގެ ބަންދަށް ފަހު ސުކޫލުތަކުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
އަހަރުގެ މެދު ތެރެއަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރިފަހުން، އަހަރުގެ މެދު ތެރެއިން ދިރާސީ އާ އަހަރު ފެށިގެން ކުރިއަށްދާ މިއީ ފުރަތަމަ ފަހަރެވެ.

ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށުން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
އޭގެ ފަހުން ފުރަތަމަ ޓާމުގެ ޗުއްޓީއަށް ފަހު ސްކޫލުތަކުގައި މިއަދު ވަނީ ދެވަނަ ޓާމުގައި ކިޔެވުން ފަށައިފައެވެ. ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ރާއްޖޭގެ ޖުމުލަ 217 ސްކޫލެއްގައި ކިޔަވައިދެއެވެ.
ފުރަތަމަ ޓާމުގެ ކިޔެވުން ފެށީ ޖުމުލަ 92،000އަށް ވުރެ ގިނަ ދަރިވަރުންނާއެކުއެވެ.

ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށުން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
އަހަރުގެ މެދުތެރެއަށް ސްކޫލުގެ ބޮޑު ޗުއްޓީ ބަދަލުކުރުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން ބޮޑު ބަންދާ ދިމާކޮށް މޫސުން ގޯސް ކަމަށާއި އެކަމުގެ ސަބަބުން ކުދިންނަށް އެންމެ ރަނގަޅަށް ޗުއްޓީގެ ބޭނުން ނުހިފޭ ކަމުގެ ޝަކުވާ ކުރެއެވެ.