ސެމްސަންގުން ވަރަށް އަވަހަށް އެ ކުންފުނީގެ ފްލެގްޝިޕް ގެލެކްސީ އެސް23 ސީރީޒްގެ ފޯނުތައް ނެރޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެ ކުންފުނީގެ ގެލެކްސީ އެސް23 ސީރީޒްގެ ސްމާޓްފޯންތައް ލޯންޗް ކުރުމަށް އެ ކުންފުނިން މި އަހަރުގެ ފުރަތަމަ "ގެލެކްސީ އަންޕެކްޑް އިވެންޓް" ބާއްވާނެއެވެ.

ސެމްސަންގްގެ ކޮލަމްބިއާގެ ވެބްސައިޓުން ކުރިއަށް އޮތް އިވެންޓުގެ ޕޯސްޓަރެއް ކުއްލިއަކަށް ލީކުކޮށްލީ އެ ކުންފުނިން އެކަމާ ބެހޭ ގޮތުން ރަސްމީކޮށް (9ޓު5 ގޫގުލް މެދުވެރިކޮށް) އިއުލާނު ކުރުމުގެ ކުރިންނެވެ.

ސެމްސަންގުން އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެ ކުންފުނީގެ ގެލެކްސީ އަންޕެކްޑް އިވެންޓް ބާއްވަން ނިންމާފައިވާކަން ހާމަކޮށްފައިވާ މި ޕޯސްޓަރުގައި ބުނެފައިވަނީ "އެޕިކް މޮމެންޓްސް އެޓް Samsung.com/co/" ކަމަށް ލިޔެފައިވާ ޓެގްލައިނެކެވެ. މީގެ އިތުރުން މި ޕޯސްޓުގައި ޓްރިޕްލް ކެމެރާ ސެޓަޕެއް ފެންނައިރު، ސެމްސަންގްގެ ކުރިއަށް އޮތް ގެލެކްސީ އެސް23 ސީރީޒްގައި ޓްރިޕަލް ރިއާ ކެމެރާއެއް ހުންނާނެ ކަމަށް ބެލެވެއެވެ.

ސެމްސަންގުން މި ރިޕޯޓް އަދި ކަށަވަރުކޮށްދީފައިނުވި ނަމަވެސް، މި ޕޯސްޓަރަށް ބާރުލިބެނީ ސެމްސަންގްގެ މިފަދަ ޚަބަރުތައް ލީކްކުރަމުންދާ މަޝްހޫރު ޓްވިޓާ އެކައުންޓް އައިސް ޔުނިވާސްގެ އިތުރު ރިޕޯޓަކުންނެވެ. އަދި އޭގެ ފަހުން އެހެން ޓިޕްސްޓާއެއް ކަމަށްވާ ސްޓީވް އެޗް މެކްފްލައިވަނީ "ދަޓްސް ޓްރޫ" [އެއީތެދެއް] ލިޔެފައިވާ ޖިފް އެއް ބޭނުންކޮށްގެން އެ ރިޕޯޓަށް ސަޕޯޓް ދީފައެވެ.

ސެމްސަންގް ގެލެކްސީ އެސް23 ސީރީޒްގައި ހުންނާކަމަށް ބެލެވޭ ބައެއް ސްޕެސިފިކޭޝަން:

ކުރިއަށް އޮތް ގެލެކްސީ އެސް23 ސީރީޒްގެ ސްމާޓްފޯންތަކުގެ ތަފްސީލަށް ބަލާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި ގެލެކްސީ އެސް23 އަންނާނީ 6.1 އިންޗީގެ އެފްއެޗްޑީ އަދި އެމޯލެޑް ޑިސްޕްލޭއަކާ އެކު 120 ހާޓްޒް ގެ ސްކްރީން ރިފްރެޝް ރޭޓާއި ހޯލް ޕަންޗް ކަޓްއައުޓަކާ އެކުއެވެ. އެއީ 25 ވޮޑް ވަޔަރޑް ފާސްޓް ޗާޖިންގެ އިތުރުން 15 ޑަބްލިއު ވަޔަލެސް ޗާޖިން ޓެކްނޮލޮޖީއަށް ސަޕޯޓްކުރާ 3،900 އެމްއޭއެޗްގެ ބެޓެރީއެކެވެ.

ގެލެކްސީ އެސް23 ޕްލަސް އިން 4،700 އެމްއޭއެޗްގެ ބެޓެރީއަކާ އެކު 120 ހާޓްޒް 6.6 އިންޗީގެ އެމޯލެޑް ޑިސްޕްލޭއެއް ލިބޭނެ ކަމަށާއި 15 ޑަބްލިއު ވަޔަލެސް ޗާޖިން އާއި 25 ޑަބްލިއު ވަޔަޑް ފާސްޓް ޗާޖިން ޓެކްނޮލޮޖީ ސަޕޯޓް ކުރާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ގެލެކްސީ އެސް23 އަލްޓްރާގައި 6.8 އިންޗީގެ ޑައިނަމިކް ކާވްޑް އެމޯލެޑް ޑިސްޕްލޭއެއް ހިމެނޭއިރު، 120 ހާޓްޒް ރިފްރެޝް ރޭޓާއި ކިއުއެޗްޑީ ޕްލަސް ރިޒޮލިއުޝަނެއް ވެސް ހިމެނެއެވެ. އެއީ 2200 ނިޓްގެ ޕީކް ބްރައިޓްނެސް، ސީރީޒްގެ އެންމެ މަތީ އަދި 200 އެމްޕީގެ އާ ޕްރައިމަރީ ކެމެރާއެކެވެ.

މި ފޯނުގެ ކުއަޑް ކެމެރާ ސިސްޓަމްގައި 3x އަދި 10x އޮޕްޓިކަލް ޒޫމް ހިމެނޭ 10 މެގަޕިކްސެލްގެ ދެ ޓެލެފޮޓޯ ލެންސާއި 12 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއެއް ވެސް ހުންނާނެއެވެ. މި ފޯނަށް 25 ވޮޓްގެ ފާސްޓް ޗާޖިން ޓެކްނޮލޮޖީގެ އެހީގައި 5000 އެމްއޭއެޗް ލިބޭނެ ކަމަށް ބެލެވެއެވެ.

މި ސީރީޒްގެ ތިން ފޯނަކީ ވެސް ކުއަލްކޮމް ސްނެޕްޑްރެގަން 8 ޖެން 2 އެސްއޯސީ ބޭނުންކޮށްގެން 12 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއް ލިބޭނެ ފޯނުތަކެއް ކަމަށް ބެލެވެއެވެ.