ހުޅުމާލެ އެމްއޭސީއެލް ފްލެޓްތައް ކައިރި ހުރި ކުނި ތަކެއްގައި އަލިފާން ރޯވެ، މުޅި ސަރަހައްދުގައި ދުން ބޯވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:00ހާއިރެވެ. އަދި އަލިފާން ނިއްވާލާފައި ވަނީ 1:45 ހާއިރެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވި ވަގުތު މުޅި އެ ސަރަހައްދުގައި އޮތީ ދުން ބޯވެފައެވެ. އޭގެ ސަބަބުން އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މި ހާދިސާ ހިނގަށް މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި ކުނިތަކުގައި ބަޔަކު ރޯކޮށްލީއެވެ.

އެމްއެންޑީއެފުން ބުނީ މިއިީ މި ކުނިތަކުގައި އަލިފާން ރޯވި ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

އެ ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.