ޓްރީ ޓޮޕް ހޮސްޕިޓަލުން ކެންސަރު ނައްތާލުމަށް 'މޮޑިފައިޑް ރެޑިކަލް ނެކް ޑައިސެކްޝަން' ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށް ނިންމާލައިފިއެވެ. މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މި ސާޖަރީ ފުރިހަމަ ކުރި ފުރަތަމަ ފަހަރެވެ.

އާންމުކޮށް ކުރާ އޮޕަރޭޝަނެއް ކަމުގައިވާ 'ރެޑިކަލް ނެކް ޑައިސެކްޝަން' ހެދުމުގެ ތެރޭގައި ގެއްލިގެންދާ ލޭނާރުތައްފަދަ ތަންތަން، 'މޮޑިފައިޑް ރެޑިކަލް ނެކް ޑައިސެކްޝަން' ސާޖަރީ ތެރޭގައި ނައްތާނުލައި ރައްކާތެރިކާމާއެކު ބެހެއްޓެއެވެ.

މި ސާޖަރީ ފުރިހަމަ ކުރުމުގައި އެންމެ އިސްކޮށް އުޅުއްވީ ތަޖުރިބާކާރު އީ.އެން.ޓީ ނުވަތަ ކަރުން މަތީ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް، ޑރ. ރާޖޭޝް ވާލާންދްއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ސާޖަރީއަކީ ބަލިމީހާގެ ކަރުގައި އުފެދިފައިވާ ޓިއުމަރަކާއެކު އެހިސާބުގައި ހުރި ގުޅިފައިވާ ލިމްފް ނޯޑްސް އާއި ފައިބްރޮއިޑް ފެޓީ ޓިޝޫ ނައްތާލުމަށް ކުރެވުނު އުނދަގޫ އޮޕަރެޝަނެކެވެ.

މި އޮޕަރޭޝަން ކުރީ އުމުރުން 71 އަހަރުގައި ކެންސަރު ޖެހިފައިވާކަން އެނގުނު އިބްރާހިމް އަނީސްއެވެ. އެގޮތުން އޭނާ ބުނީ އެ ފަރުވާ ހޯދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް އިހްތިޔާރުކުރީ ގިނަ ސަބަބުތަކަކާހުރެއެވެ. އޭގެ ތެރޭގައި ޑރ. ރަޖޭޝްއަށް ކުރެވޭ އިތުބާރާއި މިދާއިރާއިން އޭނާ ހޯދާފައިވާ ތަޖުރިބާ ހިމެނޭކަމަށް އޭނާ ބުންޏެވެ.

"އުމުރުން 71 އަހަރުގައި ކެންސަރު ޖެހިފައިވާކަން އެނގުމާއެކު އެކަމަށް ފަރުވާ ހޯދުމުގައި ރާއްޖެއިން ބޭރަށް ދަތުރުނުކޮށް އާއިލާ ކައިރީގައި ހުރެގެން ފަރުވާ ހޯދެވެނުކަމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް" އޭނާ ބުންޏެވެ.

އާންމުކޮށް ކަރުގެ ޑައިސެކްޝަން ނުވަތަ ކަރުގެ ޓިޝޫތައް ވަކިކުރުމަށް ކުރާ މި ސާޖަރީއަކީ ކަރުގެ ލިމްފް ނޯޑްސް އަށް ފެތުރިފައިވާ ކެންސަރު ނައްތާލުމަށް ކުރެވޭ ސަރޖަރީއެކެވެ. ލިމްފް ނޯޑްސް އަކީ މުޅި ހަށިގަނޑުގައި އެކި ހިސާބުތަކަށް ފެތުރިފައި ހުންނަ ތޮޅީގެ އޮށުގެ ބައްޓަމަށް ހުންނަ ކުދި، މުހިންމު ގްލޭންޑް ތަކެކެވެ.

ހަށިގަނޑުގެ އެހެން ހިސާބެއްގައި ކެންސަރު ސެލްތައް އުފެދި އަދި ނާރުތަކުން ފެތުރުމުގެ ސަބަބުން ލިމްފް ނޯޑެއްގައި ޖެހި ކެންސަރު އިތުރަށް ގޯސްވެ ނުރައްކާ ބޮޑުވެގެންދެއެވެ. އަދި ކެންސަރުގެ އަސަރު ހުރި މިފަދަ ލިމްޕް ނޯޑާއި އެހިސާބުގައިވާ ޓިޝޫ ތަކުގެ ސަބަބަބުން ހަށިގަނޑުގެ އެހެން ދިމާލަކަށް ކެންސަރ ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކަރުން މަތީ ބަލިތަކަށް ހާއްސަ ޑިޕާރޓްމެންޓް މައްސަތްކަތް ކުރަނީ ކަންފަތް، ނޭފަތް، ސައިނަސް، ލެރިންކްސް ނުވަތަ އަޑުފޮށި، އަނގަ، ކަރު އަދި ކަރާއި ބޮލުގެ ބަލިތަކަށް ފަރުވާ ދިނުމަށެވެ. ކަރުން މަތީ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓުން އެންމެ ފުރިހަމަ ފަރުވާ ދިނުމަށް ސްޕީޗް ތެރަޕިސްޓް، ޕެތޮލޮޖިސްޓް އަދި ސަރޖަންސްއާ ގާތުން މަސައްކަތްކޮށް ބަލި މީހާއަށް އެންމެ ރަނގަޅު ފަރުވާ ދިނުމަށް މަސައްކަތް ކުރާނެއެވެ.

މި ޙިދުމަތްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ގުޅުއްވުން ނުވަތަ[email protected]އަށް އީމެއިލް ކުުރުމުން މައުލޫމާތު ލިބޭނެއެވެ.