އެތުލެޓިކޯ މެޑްރިޑް ބަލިކުރެވޭނެ ކަމުގެ ޔަގީން ކަން އެބޮތް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ސްޕެނިސް ލީގުގައި މިރޭ ރާއްޖެ ގަޑިން 1:00 ޖަހާއިރު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނިކުތުމުގެ ކުރިން ލީގު ތާވަލްގެ އެއް ވަނާގައި އޮތް ރެއާލްގެ ކޯޗް މޮރީނިއޯ ބުނީ، މިރޭގެ މެޗަކީ ރެއާލަށް އަނެއްކާވެސް ވަރަށް ބޮޑު މެޗެއް ކަމަށެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި ރެއާލް 79 ޕޮއިންޓާއެކު އޮތްއިރު، ދެ ވަނާގައި ވާދަވެރި ބާސެލޯނާ އޮތީ 78 ޕޮއިންޓާއެކު އެވެ.

މޮރީނިޔޯ ބުނީ، ރެއާލްއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ބާސާއިން އެކުރާ ބުރަ މަސައްކަތަށް ނިމުމެއް ގެންނާނީ މިރޭ އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވެ، އަނެއްކާވެސް ބާސާއާ ދެމެދު އޮތް ފަރަގު ބޮޑު ކޮށްގެން ކަމަށެވެ. އަދި މިރޭގެ މެޗަށް ރެއާލްގެ ކުޅުންތެރިން ތިބީ ފިޓްކޮން ކަމަށާއި އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިންރެއާލް އިން ނަތީޖާއެއް ނެރޭނެ ކަމަށް އުންމީދު ކުރާކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފައެވެ.
ރެއާލް އަތުން އެތްކެޓިކޯ މެޑްރިޑް މޮޅުނުވާތާ މިހާރު 13 އަހަރު ވެއްޖެއެވެ.

ސްޕެނިސް ލީގުގައި މިރޭ އަދި އިތުރު ތިން މެޗެއް ކުޅޭނެއެވެ. މިތިން މެޗުވެސް ކުޅޭނީ ރާއްޖެ ގަޑިން މިރޭ 11:00 ޖަހާއިރު އެވެ.
މިރޭ ކުޅޭ މެޗްތައް:
- އެތްލެޓިކޯ ބިލްބާބޯ އާއި ގަރަނާޑާ
- ސްޕޯޓިން ގިޖޯން އާއި ލެވަންޓޭ
- ވެލެންސިޔާ އާއި ރަޔޯވޯލްކާނޯ