02 Jan 2023, 22:08
ހުޅުމާލޭގައި ޕާކު ކޮށްފައި އޮތް ފުލުހުންގެ ވެހިކަލްއެއްގައި ރޯކޮށްލައިފިއެވެ.
ފުލުހުންގެ މީޑއާ އޮފިޝަލް މިރޭ 'ސަން' އަށް ވިދާޅުވީ، ހުޅުމާލޭ އެޗްޑީސީ ބިލްޑިންގް ކައިރީގައި ޕާކު ކޮށްފައިވާ ފުލުހުންގެ ވެހިކަލްއެއްގައި ރޯކޮށްލާފައިވާ ކަމަށެވެ.
އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 07:40 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި އަލިފާން ރޯވިތާ މާ ގިނައިރެއްނުވެ އަލިފާންގަނޑު ނިއްވާލާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.