04 Jan 2023, 11:20
މެސެޖިން އެޕް ޓެލެގްރާމް މެސެންޖާއަށް އާ ކުރެހުމާއި ޓެކްސްޓް ޓޫލްސް، ޒީރޯ ސްޓޯރޭޖް ޔޫސް، ކޮންޓެކްޓްތަކަށް ޕްރޮފައިލް ޕިކްޗާއެއް ފަދަ ބޭނުންތެރި އާ ފީޗާސްތަކެއް ތައާރަފު ކޮށްފިއެވެ.
"ޑްރޯއިން އެންޑް ޓެކްސްޓް ޓޫލް" ގެ ތެރޭގައި، ހިމެނޭ އެންމެ ޚާއްޞަ އެއް ފީޗާއަކީ ފޮޓޯއެއް އެހެން މީހަކަށް ފޮނުވާލުމުގެ ކުރިން އެޑިޓްކޮށްލުމަށް ލިބޭ ފިޗާތަކުގެ ތެރެއިންވެސް 'ފޮޓޯބޮމްބަރސް' ނުވަތަ ރެޑެކްޓް ކުރުމަށް ބޭނުންކުރެވޭނެ އާ ބްލާ ޓޫލެވެ. ކުލަތަކަށް ވެސް ބަދަލު ގެނެވޭނެ އެތައް ގޮތެއް އެކުލެވޭއިރު، އޭގެ ތެރޭގައި އައިޑްރޮޕާ ޓޫލް ހިމެނެއެވެ.
ޓެލެގްރާމުން މީގެ ކުރިން މިފަދަ ފީޗާތަކެއް ތަޢާރަފު ކުރާނެކަމަށް ބުނެފައިވާއިރު، މިފަހަރުގެ މި އަޕްޑޭޓާއިއެކު ފޮޓޯ ނުވަތަ ވީޑިއޯތަކަށް ޓެކްސްޓް އިތުރު ކުރާއިރު، މިހާރު އޭގެ ސައިޒާއި ފޮންޓާއި ބެކްގްރައުންޑް ވެސް ބަދަލު ކުރެވޭނެއެވެ.
ރެކްޓަންގްލް، ސަރކަލް، އެރޯ، ސްޓާ، އަދި ޗެޓް ބަބަލްސް ފަދަ ބައްޓަންތައްވެސް “+” ބަޓަން އަށް ފިތާލައިގެން ފަސޭހަކަމާއެކު އިތުރުކޮށްލެވޭނެއެވެ.
ޓެލެގްރާމް އިން ފޮނުވާ މެސެޖްތަކުގައި ހުންނަ ލިޔުންތަކުން އެއްވެސް ޓެކްސްޓެއް ފޮރުވުމަށް ނުވަތަ އެހެންމީހަކަށް ދައްކަން ބޭނުންނުވާނަމަ ބޭނުންކުރާނެ "ސްޕޮއިލަރ ފޯމެޓިން" ފީޗާ އަށް ސަޕޯޓް ކުރާ ނަމަ މިހާރު “ހިޑެން މީޑިއާ” އާއެކު ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ބޭނުންވާ ކޮންމެ ބައެއްވެސް ޝިމްބަރިން ލޭޔަރަކުން ކަވަރު ކޮށްލައިގެން ނުފެންނަ ގޮތް ހަދާލެވޭނެއެވެ.
އަދި “ޒީރޯ ސްޓޯރޭޖް ޔޫސޭޖް” އަޕްޑޭޓަކާއެކު، ޕްރައިވެޓް ޗެޓްސް، ގްރޫޕްތަކާއި، އަދި ޗެނަލްތަކުން ޕޯސްޓް ފުހެލުމަށް ބޭނުންވާނަމަ 'އޮޓޯ ރިމޫވް' ސެޓިން އިތުރު ކުރެވޭނެއެވެ.
މީގެ އިތުރުން، “ޕްރޮފައިލް ޕިކްޗަރ ފޯރ ޔޫއާރ ކޮންޓެކްޓްސް” ގެ ނަމުގައި ތަޢާރަފްކުރި ފީޗާއަކީވެސް ވަރަށް ޚާއްޞަ ފީޗާއެކެވެ.
މި ފީޗާގެ ސަބަބުން ޔޫޒަރުންނަށް އެމީހެއްގެ އަމިއްލަ ޕްރޮފައިލް ފޮޓޯ އެމީހަކަށް އެކަނި ފެންނަގޮތަށް އެމީހުންގެ ކޮންޓެކްޓަށް ތަސްވީރެއް ލުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.
ނަމަވެސް ޔޫޒަރަކު ހަމައެކަނި ވަކި ޔޫޒަރުންނަށް އެމީހުންގެ ޕްރޮފައިލް ފޮޓޯތައް ފެނުމުގެ ހުއްދަ ދީފިނަމަ އެބަޔަކަށް އެއްކަލަ ޚާއްޞަ ފޮޓޯ ފެންނާނެއެވެ. އެކަމަކު ދެން އެހެން އެންމެންނަށް “ޕަބްލިކް ޕްރޮފައިލް ޕިކްޗާ” އެއް ފެންނަ ގޮތަށް ސެޓް ކުރެވޭނެއެވެ.
މި އާ ފީޗާތަކާއެކު މިހާރުވެސް އެންމެގިނަބަޔަކު ބޭނުންކުރާ އެއް މެސެޖިއްން އެޕުގެ މަޤްބޫލުކަން ގިނަބައެއްގެ މެދުގައި އިތުރު ވެގެންދާނެކަމަށް ބެލެވެއެވެ.