02 Jan 2023, 10:26
އައިފޯން ގެންގުޅޭ ބައެއް މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިވަނީ އެންޑްރޮއިޑް ފޯނުތަކެކޭ އެއްގޮތަށް އެހާ ފަސޭހައިން ކަސްޓަމައިޒް ނުކުރެވޭ ވާހަކައެވެ. އެންޑްރޮއިޑް ފޯނަކަށް ތާޑްޕާޓީ އެޕެއް އިންސްޓޯލް ކޮށްލައިގެން ވަރަށް ފަސޭހައިން ފޯނުގެ ފޮންޓާއި، ތީމާއި، އަދިވެސް ތަފާތު ސެޓިންތައް ބޭނުންވާ ގޮތަކަށް ބަދަލުކޮށްލެވެއެވެ.
އެކަމަކު އައިފޯނުގައި މިފަދަ ކަމެއް ކުރަން ބޭނުންވެއްޖެނަމަ ޖެއިލްބްރޭކް ކުރަން ޖެހެއެވެ. އައިފޯނެއް ޖެއިލް ބްރޭކް ކުރުމަކީ އެފޯނުގެ ވޮރެންޓީ ގެއްލުމުގެ އިތުރުން ރިސްކީ ކަމެކެވެ. އަދި ހީކުރާހާ ފަސޭހަ ކަމެއް ވެސް ނޫނެވެ.
އެކަމަކު، އައިއޯއެސް 16އާއެކު ޖެއިލްބްރޭކް ނުކޮށް އެކަން ކުރެވޭނެއެވެ.
އައިއޯއެސް 16 ގައި ސިސްޓަމް ފޮންޓްތައް ފޯނު ޖައިލްބްރޭކް ނުކޮށް ބަދަލުކުރާނެގޮތް:
މައިގަނޑުގައި މި ޕްރޮސެސް ބަރޯސާވެފައިވަނީ އައިއޯއެސް 16 އެކްސްޕްލޮއިޓް އަކަށެވެ. މާނައަކީ ޑީފޯލްޓް ސެޓިންއެއް ބަދަލުކޮށްލުމުގެ ފުރުޞަތު ލިބިގެން މިދަނީ އައިއޯއެސް 16 ކާނަލް އެގްޒެކެޝަން ބަގެއްގެ ސަބަބުންނެވެ.
އެކަމަކު މި ހެކް މަސައްކަތް ކުރެވޭނީ ތިބާގެ އައިފޯންގެ އޯއެސް އަކީ ހަމައެކަނި އައިއޯއެސް 16.1.2 ކަމުގައިވާނަމައެވެ. އައިއޯއެސް 16.2 އަށް އަޕްޑޭޓް ކޮށްފައިވާނަމަވެސް މި ހެކް އާއި އެކު މަސައްކަތް ނުކުރެވޭނެއެވެ. އެ ވާޝަންގައި ވަނީ އެ ބަގް ޕެޗްކޮށްފައެވެ.
އެހެންނަމަވެސް އައިއޯއެސް 16.2 އަށް އަދި އަޕްގްރޭޑް ކުރެވިފައި ނުވާނަމަ، ސިސްޓަމް ފޮންޓްތައް ބަދަލުކުރެވޭނެ ގޮތް:
ގިޓްހަބް އިން ޓޫލް ހޯދުން.
- ސައިޑްލޯޑްލީ އެޕްލިކޭޝަން (ވިންޑޯޒް | މެކް) ހުޅުވާލުން.
- ޔޫއެސްބީ ބޭނުންކޮށްގެން ޑިވައިސް ކޮމްޕިއުޓަރާއި ގުޅުވާށެވެ.
- އައިޕީއޭ އައިކޮން އަށް ކްލިކްކޮށް އެޕް އިންސްޓޯލް ކުރާށެވެ.
- އެޕަލް އައިޑީ ޓައިޕްކޮށް އައިޕީއޭ ފައިލަށް ސައިން އިން ކުރާށެވެ.
- ސްޓާޓް ބަޓަންއަށް ފިތާލުމަށްފަހު އައިޕީއޭ ފައިލް ޑިވައިސްއަށް އިންސްޓޯލް ކުރާށެވެ.
- އެޕަލް އައިޑީގެ ޕާސްވޯޑް ޖަހާށެވެ.
- ފޯނުގެ ހޯމް ސްކްރީނުން ސެޓިންގސް އެޕް އަށް ދާށެވެ.
- ވީޕީއެން އެންޑް ޑިވައިސް މެނޭޖްމަންޓަށް ޖެނެރަލް އަށް ދާށެވެ.
- ޑިވެލޮޕަރ އެޕް އަށް ކްލިކް ކުރާށެވެ.
- އެޕްލިކޭޝަން ހިންގަން ދޫކޮށްލުމަށް ޓްރަސްޓް އަށް ފިތާލާށެވެ.
އެ އެޕް ރަން ކޮށްލުމުން، އިންސްޓޯލްކޮށްފައިވާ ފޮންޓްތަކުގެ ގިނަ އަދަދެއްގެ ފޮންޓްތައް މިހާރު ހިޔާރު ކުރެވޭނެއެވެ. އޭގެ ތެރޭގައި ކޮމިކް ސެންސް އެމްއެސް، ސެގޯ ޔޫއައި، ސެމްސަންގްގެ ޗޮކޯ ކުކީ ފަދަ ފޮންޓްތައް ހިމެނެއެވެ. އަދި ކަސްޓަމް ފޮންޓްތައް ވެސް، މިސާލަކަށް ދިވެހި ފޮންޓެއްވިޔަސް އިންސްޓޯލްކޮށްފައިވާ ނަމަ ޚިޔާރު ކުރެވިދާނެއެވެ. ނަމަވެސް ކަސްޓަމް ފޮންޓްތަކުގެ ފޯމެޓަކީ އައިއޯއެސްއާ އެއްގޮތް (ސަޕޯޓްކުރާ) ފޮންޓްތަކަކަށް ވާން ޖެހެއެވެ.
ނަމަވެސް، މި އެކްސްޕްލޮއިޓް މަސައްކަތް ކުރަނީ 16.1.2 ނުވަތަ އެއަށްވުރެ ދަށުގައި ހުންނަ އައިފޯނާއި އައިޕެޑްތަކަށް އެކަންޏެވެ. އަދި ސިސްޓަމް ފޮންޓް ބަދަލުކުރުމަށްފަހުވެސް އައިއޯއެސް 16.2 އަށް ފޯނު އަޕްޑޭޓް ކޮށްފިނަމަ ކުރިން ކުރި ހުރިހާ ކަމެއް ކެންސަލް ވުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި، އޭރުން ކަސްޓަމް ފޮންޓްތައް ރަނގަޅަށް މަސައްކަތެއް ނުކުރާނެއެވެ.