ޗައިނާއިން ބްލޮކްޗޭން ޓެކްނޮލޮޖީ ތައާރަފް ކުރަމުންދާއިރު، ދައުލަތުގެ ތާއީދު އޮތް ފުރަތަމަ ނޮން ފަންޖިބަލް ޓޯކަން (އެންއެފްޓީ) މާކެޓްޕްލޭސް ތައާރަފް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

'ޗައިނާ ޑިޖިޓަލް އެސެޓް ޓްރޭޑިން ޕްލެޓްފޯމް' ގެ ނަމުން ނަންދީފައިވާ މި ޕްލެޓްފޯމް ބެއިޖިންގައި ޖެނުއަރީ 1، 2023 ގައި ތައާރަފްކުރިއިރު، މި ޕްލެޓްފޯމަކީ ޑިޖިޓަލް ކޮޕީރައިޓްސް، ޕްރޮޕަޓީ ރައިޓްސް، އަދި ކަލެކްޓިބަލްސް ޓްރޭޑް ކުރެވޭނެ ސެކަންޑަރީ މާކެޓަކަށް ވާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ދައުލަތުގެ ޗައިނާ ޓެކްނޮލޮޖީ އެކްސްޗޭންޖުން, ސަރުކާރުން ތާއީދުކުރާ އާޓް އެގްޒިބިޝަންސް ޗައިނާ އާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޫބަން ޑިޖިޓަލް ކޮޕީރައިޓްސް ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްލެޓްފޯމްގައިވާ ބްލޮކްޗޭން އަށް ކިޔަނީ 'ޗައިނާ ކަލްޗަރަލް ޕްރޮޓެކްޝަން ޗޭން' ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްލޮކްޗޭން އަކީ، އާންމުކޮށް، އޯޕަން މާކެޓް މުއާމަލާތްތަކާއި މައުލޫމާތު ހޯދުމަށް ލާމަރުކަޒީ ޕްލެޓްފޯމެކެވެ. ނަމަވެސް ޗައިނާގައި ޕަބްލިކް ޗޭންތަކަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެއީ ދައުލަތުން ހުރިހާ އިންޓަނެޓް ސިސްޓަމްތަކެއް ޔޫޒަރުންގެ އައިޑެންޓިޓީ ޔަގީންކޮށް، "ގާނޫނާ ހިލާފު ހަރަކާތްތަކެއް" ހިނގާ ހާލަތެއްގައި ރެގިއުލޭޓަރަށް ތަދައްޚުލްވުމުގެ ހުއްދަ ދޭން ޖެހޭތީއެވެ.

ޗައިނާއަކީ އެންއެފްޓީ އިންޑަސްޓްރީ އެންމެ ފުރަތަމަ ގަބޫލުކުރި އެއް ގައުމެވެ. 2021 ވަނަ އަހަރު ބެއިޖިން އިން ވަނީ ކްރިޕްޓޯގެ ހުރިހާ މުއާމަލާތެއް މަނާކޮށް، އެ މުއާމަލާތްތަކާ "ދުރުވެ ތިބުމަށް" ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން އެންއެފްޓީ (ޗައިނާގައި ޑިޖިޓަލް ކަލެކްޓިބަލްސް) ވަނީ އެގައުމުގައި އިންތިހާއަށް މަގުބޫލުވެފައެވެ.

ނޮވެމްބަރު މަހު ޗައިނާގެ ހެންގްޒޯ އިންޓަނެޓް ކޯޓުން ނިންމީ އެންއެފްޓީތަކަކީ ގާނޫނުން ހިމާޔަތްކޮށްފައިވާ ވާޗުއަލް ޕްރޮޕަޓީއެއް ކަމަށާއި ސަބަބަކީ އެއީ ތަކެތީގެ އަގު ކޮންޓްރޯލް ކުރެވޭނެ ގޮތް، އަދި ވިޔަފާރި ކުރެވޭނެ ގޮތް ފަދަ މުދަލުގެ ހައްގުތަކުގެ އޮބްޖެކްޓް ސިފަތައް" އެ ނިޒާމްގައި ހިއްސާވާތީއެވެ.