11 Apr 2012, 13:00
ފުލުހުންގެ ވަޒީފާއަށް އިތުރު 200 މީހުން ހޯދަން އިޢުލާން ކޮށްފި އެވެ.
މިމަހުގެ ދެ ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ ފުލުހުންގެ ޚިދުމަތާ ގުޅެން ބޭނުންވާ، ޝަރުތު ފުރިހަމަވާ ފަރާތްތަށް ޕޮލިސް ކޮންސްޓަބަލް މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވަލާފައިވާ ކަމަށެވެ.
އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުމަށް ޝަރުތުކޮށްފައިވާ އެ އިއުލާނާބެހޭ ގޮތުން ފުލުހުން ބުނީ، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަކީ ފުލުހުންގެ އަމާޒު ކަމަށާއި ވަޒީފާއަށް އިތުރު ފުލުހުން ވައްދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރަން ކަމަށެވެ.
އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކަށް އިތުރު ފުލުހުން ބޭނުންވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަބުދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
ހާހަކަށް ވުރެ ގިނަ ފުލުހުންނަށް މި މަހުތެރޭ ވަނީ މަގާމުގެ ކުރިއެރުން ދީފަ އެވެ.