31 Dec 2022, 21:54
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލީ ބ. ތުޅާދޫ, ހިޔާވަހި، އުނައިސް އަޙްމަދުގެ މައްޗަށެވެ.
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލިކަމުގެ ދައުވާއަށް އޭނާ އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެއްކަށް ބަލައި އުނައިސްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ.
އެ މައްސަލައާ ގުޅިގެން ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު ދެން އުނައިސް ތަންފީޒުކުރަން ޖެހޭނީ ހަތް އަހަރާއި ފަސް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.