ސ. މީދޫގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު 4:50 ހާއިރު ހަމަލަދީ ޒަޚަމްކޮށްލާފައި ވަނީ އުމުރުން 24 އަހަރުގެ މީހަކަށް ކަމަށެވެ.
ސީރިއަސް އަނިޔާތަކެއް އޭނާއަށް ނުލިބުނު ނަމަވެސް އޭނާގެ ބުރަކަށްޓަށާއި އަތުގެ ތަނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭނާއަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާއިރު އެއީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެމީހާގެ ވަނަވަރެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.