29 Dec 2022, 18:54
ކޮވިޑް-19 ވެކްސިން ރައްކާކުރަން ބޭނުންކުރެވޭނެ ކޯލްޑް ޗެެއިން ފެސިލިޓީއެއް ހުޅުމާލޭގައި އަޅައިދޭނެ ބަޔަކު ހޯދަން ހެލްތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
ތިމާވެއްޓާ ރައްޓެހި ޑިޒައިނަކަށް ތަރައްގީކުރާ މި ފެސިލިޓީއަކީ 4،000 ސްކޮއާ މީޓަރުގެ ޖާގައެއްގައި ހަ ފަންގިފިލާއަށް ތަރައްގީކުރާނެ ތަނެކެވެ.
މި ޕްރޮޖެކްޓަށް ފަންޑު ހަމަޖައްސައިފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިންނެވެ. އެެއީ 10.7 މިލިއަން ރުފިޔާއެވެ.
މި މަސައްކަތަށް ހޮވޭ ބައެއްގެ މައިގަނޑު ބޭނުމަކަށްވާނީ، އެ ތަނުގެ ޑިޒައިން ހެދުމާއި، އެ ތަނުގެ މަސައްކަތް ހިނގާތޯ ބެލުމުގެ އިތުރުން، ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކުރުމެވެ.
މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން މިހާރު އެ ކަމަށް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވައިލައިފައެވެ.
ރާއްޖޭގައި ކޮވިޑް މެނޭޖުކޮށް، މިހާރު މި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ވަނީ ދަށްކޮށްފައެވެ. ވެކްސިން ޖެހޭ އެންމެން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ރާއްޖޭގައި ވަނީ ފުރިހަމަ ވެސް ކޮށްފައެވެ.