11 Apr 2012, 10:13
ެޕަލްގެ އެންމެ ފަހުގެ ޕްރޮޑަކްޓް އައި ޕެޑް 3 އެސްޓާސްގައި ލޯންޗް ކުރުމުގެ ގޮތުން ހިލޭ އައިޕެޑެއް ލިބޭ ޕްރޮމޯޝަނެއް ފަށަން އެސްޓާޒް އިން ނިންމައިފި އެވެ.
އެޕަލްގެ ގިނަ ޕްރޮޑަކްޓްތަކެއް ޑިސްޓުރިބިއުޓް ކުރާ އެސްޓާޒް އިން އައިޕެޑް 3 ލޯންޗް ކުރާނީ އަންނަ ހުކުރު ދުވަހު އެވެ. އެސްޓާސްއިން ނިންމާފައިވަނީ "ވަޓް ވުޑް ޔޫ ޑޫ، ޓު ވިން ދަ ނިއު އައިޕެޑް" ނުވަތަ "އާ އައިޕެޑް ހޯދަން ކުރާނީ ކޮންކަމެއް؟" ގެ ނަމުގައި ހިންގާ 15 ދުވަހުގެ ޕްރޮމޯޝަންގައި ކޮންމެވެސް އެކަކަށް ހިލޭ އައިޕެޑެއް ދޭށެވެ.
ޕްރޮމޯޝަންގައި އެސްޓާޒްއިން ނިންމާފައިވަނީ އެންމެ މަޖާ ފޮޓޯއެއް ނޫނީ ވީޑިއޯއެއް ތައްޔާރުކުރާ ފަރާތަކަށް އެޕަލްގެ އައިޕެޑް 3 ދޭށެވެ. ޕްރޮމޯޝަންގައި އައިޕެޑް ހޯދަން 30 ސިކުންތާއި އެއް މިނިޓުގެ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް އެސްޓާސްގެ އީމެއިލް؛[email protected]އަށް ހުށަހެޅުމުން މުބާރާތުގައި ބައިވެރިވެވޭނެ އެވެ.
އެސްޓާޒްގެ ޖެނެރަލް މެނޭޖަރު، އާލިމް ޝަކޫރު ވިދާޅުވީ އެންމެ މަޖާ ފޮޓޯ ނުވަތަ ވީޑިއޯ ހޮވާނީ ހުށަހަޅާ ފޮޓޯ އާއި ވީޑިއޯގެ ތެރެއިން ފޭސްބުކުގައި އެންމެ ގިނަ ވޯޓް ލިބޭ 10 ފޮޓޯ އާއި ވީޑިއޯގެ ތެރެއިން ފަނޑިޔާރުންގެ ޕެނަލްއަކުން ބެލުމަށް ފަހު ހޮވާ އެންމެ މޮޅު ވީޑިއޯއަކަށް ނޫނީ ފޮޓޯއަކަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ވީހާވެސް ގިނަ ބަޔަކަށް އެޕަލްގެ ޕްރޮޑަކްޓްތައް ލިބޭނެ ގޮތެއް ހޯދައި ދިނުން. އެ މަގު ތަނަވަސްކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،" އާލިމް ވިދާޅުވި އެވެ.
އެސްޓާސް އިން ވަނީ މީގެ ކުރިން "އައިޕެޑް ހަންޓް" ގެ ނަމުގައި ވެސް ޕްރޮމޯޝަނެއް ހިންގާފަ އެވެ. އެސްޓާސް ފިހާރައިގައި ތްރީޖީއާއި ވައިފައި ހިމެނޭ 16 ޖީބީގެ އައިޕެޑް 3 ވިއްކަނީ 9999ރ. އަށެވެ.