މަޝްހޫރު ގޭމް ފްރެންޗައިޒް "ދަ ވިޗާ"އަށް ނެޓްފްލިކްސް އިން ތައްޔާރުކުރި ހިޓް ޝޯގެ ސްޕިން އޮފް ޝޯ ގިނަ ބަޔަކަށް ކަމު ނުގޮސް ފާޑުކިޔުން ރައްދުވެއްޖެއެވެ.

ނެޓްފްލިކްސްގެ ވިޗާ ޝޯގެ ދުނިޔެއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސްޕިން އޮފް ޝޯ "ބްލަޑް އޮރިޖިން" ވަނީ މިދިޔަ ހަފުތާ ބަންދުގައި ރިލީޒްކޮށްފައެވެ.

މިޝެލް ޔޯ ފަދަ ވަރުގަދަ އެކްޓަރަކާއެކު ލީޑު ވަރުގަދަ ކާސްޓެއް ފެންނަ މި ޝޯ ވެފައިވަނީ ބޮޑު ފްލޮޕަކަށެވެ. ޖުމްލަ ހަތަރު އެޕިސޯޑް ހިމެނޭ މި ޝޯއަކީ ޕްރީކުއެލްއެއްގެ ގޮތުގައި މަސައްކަތް ކުރާ ޝޯއެކެވެ. ފުރަތަމަ ގިނަ ބައެއްގެ މައްސަލައަކަށް ވެގެންދިޔައީ މި ޝޯގެ ސީޒަން ކުރުވުމުންނެވެ.

ނަމަވެސް ޝޯގެ ސްޓޯރީލައިން ވެގެން ދިޔައި ގިނަ ބަޔަކު ފޫހިވި ސްޓޯރީލައިނަކަށެވެ. ބްލަޑް އޮރިޖިން ބިނާވެފައިވަނީ ވިޗާ ސީރީޒްގައި ކަންތައްތައް ހިނގައިދިޔުމުގެ 1،200 އަހަރު ކުރީގެ ވާހަކައަށެވެ. މި ވާހަކައިގައި ވިޗާ ދުނިޔޭގައި ކަންތައްތައް ވެފައިވާ ގޮތް ކިޔައިދޭނެ ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ.

https://www.youtube.com/watch?v=6nhwT1vQS68

ނަމަވެސް ޝޯއިން ފެނިގެންދިޔަ ވާހަކަ ގިނަ ބަޔަކަށް ކަމަކު ނުދިޔައެވެ. މި ޝޯގައި މައިގަނޑުގޮތެއްގައި އަލި އަޅުވާލާނީ "މެގްނިފިސެންޓް ސެވަން" ކިޔާ ގްރޫޕަކަށެވެ. މި ގްރޫޕުގެ މީހުން މަސައްކަތް ކުރާނީ ރަނިކަމަށް އަރައި ހުރި މީހެއްގެ ކިބައިން އާންމުން ސަލާމަތް ކުރުމަށެވެ.

ރޮޓެން ޓޮމާޓޯސްގައި މި ޝޯ އަށް ކްރިޓީކުންގެ ފަރާތުން ލިބިފައިވަނީ 38 ޕަސެންޓެވެ. ނަމަވެސް އޯޑިއެންސުންގެ ފަރާތުން މި ޝޯއަށް ލިބިފައިވަނީ އެންމެ އަށް ޕަސެންޓެވެ. މިއީ މިއަހަރު ނެރުނު އެންމެ ދަށް ރޭޓިން ލިބިފައިވާ ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯއެވެ.