ހޮނިހިރު ދުވަހު އޮންނަ ބައި އިލެކްޝަންތަކުގައި ޕީޕީއެމް ވާދަކުރާ ކެންޑިޑޭޓުންނަށާއި އެޕާޓީން ތައީދުކުރާ ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމުގެ ގޮތުން މިރޭ މިޔުޒިކް ޝޯއެއް ބާއްވައިފި އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި މި ޝޯގައި ބައެއް އަންހެން ފަންނާނުންގެ ނެށުމާއި ލަވަކިއުންތެރިން ވަނީ ލަވަތައް ހުށަހަޅާދީފަ އެވެ.

މަޝްހޫރު " ދަންމާނު" ބޮޑު ބެރު ގުރޫޕްގެ ހަރަކާތްތަކާ އެކު ކުރިއަށް ދިޔަ ޝޯގައި ހުނަރުވެރި މިޔުޒީޝަނުން ވަނީ އެ މީހުންގެ ހުނަރުތައް ދައްކާލާފަ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ތ.ގާދިއްފުށި ރަށު ކައުންސިލް ބައި އިލެކްޝަނާއި ހ.ދ. ކުމުންދޫ ރަށު ކައުންސިލަށް ޕީޕީއެމް އިން ވަނީ ކެންޑިޑޭޓުން ނެރެފަ އެވެ. ހަމަ އެދުވަހު އޮންނަ ތިމަރަފުށީ ބައި އިލެކްޝަނަށް ޕީޕީއެމް އިން ކުރިމަތިމަތިލާފައިވާއިރު ކާށިދޫ ދާއިރާ އިލެކްޝަނުގައި ޕީޕީއެމް އިން ތާއީދުކުރަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށެވެ.