27 Dec 2022, 19:42
ސްޓެލްކޯ ބިއްދޮށުން، ފަތާ ޓްރެކް ކުރިމަތީ، ބޮޑުތަކުރުފާނު މަގުގެ ދަށުގައި ވަޅުލައިފައިވާ ސްޓެލްކޯގެ ފެން ހޮޅި މަރާމާތުކުރުމަށްފަހު އަޅައިފައިވާ ސިމެންތި ޕެޗުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ޕެޗު ހިމެނޭ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ޓަަކައި މިހާރު އަނެއްކާ ވެސް އެ ސަރަހައްދު ވަނީ ބަންދުކޮޮށްފައެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށްވަނީ އެ ކަން ޔަގީންކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ، ވީ އެންމެ އަވަހަކަށް އެ މަސައްކަތް ނިންމަން މަސައްކަތްކުރަމުން އަންނަކަމަަށެވެ.
ހަ ފަހަރަށް ޓެންޑާކޮށްގެން، އެ މަސައްކަތް ކުރީ، ކޯސްޓަލް އިންޖިނިއަރިން ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑެވެ. އެ މަސައްކަތް ހަވާލުކުރީ މި މަހުގެ 14ވަނަ ދުވަހެވެ. އަމަލީ ގޮތުން މަސައްކަތް ފެށުނީ މިއަދު، އޭގެ 13 ދުވަސް ފަހުންނެވެ.
އެ ތަނުގައި ސިމެންތި ޕެޗު އަޅައި އެ ހަލާކުވެފައި އޮންނަތާ ވެސް ގާތްގަނޑަކަށް ދެ މަސް ވެއްޖެއެވެ.
އެ މަގަށް ބިމު އަޑިން ލޮނު ފެން އަރަން ފެށީ އެ ކުންފުނީގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންވާ އައުޓް ފްލޯ ހޮޅިއަކަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ.
އެ މައްސަަލަ ހައްލުކުރަން ހަފުތާއެއްހައި ދުވަސް ނެގިއެވެ. އެކަން ކުރީ އެ ފެން ހޮޅި ވަޅުލައިފައިވާ ހިސާބުން ތާރުގަނޑު ކަނޑައިގެންނެވެ.