10 Apr 2012, 21:48
މާމިގިލީ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރަން ތިއްބާ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމަހުގެ ހަތް ވަނަ ދުވަހގޭ ދަންވަރު މާމިގިލި ޖަލްވާ ފިހާރަ ދޮރު ހަލާކުކޮށްލައި އެ ފިހާރައިން ވައްކަން ކުރަން ތިއްބާ ހައްޔަރު ކުރީ މާމިގިލި ކައިރުގޭ ޝައުގަތު މުޙައްމަދު 27، އާއި އެރަށު ސަނީސައިޑް، މުޙައްމަދު ވިސާހު 20، ކަމަށެވެ. މި ދެމީހުން ހައްޔަރު ކުރި ނަމަވެސް ޖަލްވާ ފިހާރައިން އެއްވެސް އެއްޗެއް މަދުވެފައި ނުވާ ކަމަށާއި ހައްޔަރު ކުރި ދެ މީހުންނަކީ ވެސް ތަފާތު މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮތް ދެމީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ ތެރެއިން ޝައުގަތު މުޙައްމަދަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މީހެކެވެ.