ގައުމީ އިނާމާބެހޭ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަލުން އެކުލަވައިލައްވައިފި އެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީ، އަލުން އެކުލަވައިލެއްވީ އެ ކޮމެޓީގެ ތިން އަހަރުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އާ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސެވީ، ކުރީގެ އެޓޯލްސް މިނިސްޓަރު ޢަބްދުއްރަޝީދު ޙުސައިނެވެ.

ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މއ. ސިގްމާ، ޢަބްދުﷲ އާދަމާއި، މ. މަޚްމާވިލާ އިބްރާހީމް އިސްމާޢީލާއި، މއ. ފިއަވަނި އަޙްމަދު ޢަލިމަނިކާއި، ޅ. ހިންނަވަރު ނޫރާނީއާގޭ ޢާއިޝަތު މުޙަންމަދު ޞާލިޙާއި، މއ. ދަގަނޑުކެނޑިގޭ ފާޠިމަތު ޢާފިޔާ އާއި، ހ. މާދޫގޭ ޙުސައިން ޢާމިރާއި، މ. ހަޒާރުމާގޭ އަޙްމަދު ވަޖީހާއި، ވިލިމާލޭ ފަހިދޫ، ޝުހުދާ ފުއާދެވެ.

މިބޭފުޅުންގެ ތެރެއިން އަޙްމަދު ޢަލިމަނިކާއި، ޢާއިޝަތު މުޙަންމަދު ޞާލިޙާއި، ފާޠިމަތު ޢާފިޔާއާއި، ޙުސައިން ޢާމިރަކީ، ކުރިންވެސް ޤައުމީ އިނާމާބެހޭ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ.