ސެމްސަންގް ގެލެކްސީ އެސް23 ސީރީޒް ލޯންޗުކުރުމާ ގާތްވަމުން އަންނައިރު، ކުރިއަށް އޮތް ފްލެގްޝިޕް ގްރޭޑްގެ ސްމާޓްފޯނުތަކާ ގުޅޭ ގޮތުން ތަފާތު އަޑުތަކާއި ލީކްތައް ވަނީ ފެތުރިފައެވެ.

އެގޮތުން މިހާރު އާ ރިޕޯޓަކުން ވަނީ ގެލެކްސީ އެސް23 މޮޑެލްއާ ބެހޭ ޝައުގުވެރި ބައެއް ތަފްސީލުތައް ހާމަވެފައެވެ.

ދެކުނު ކޮރެއާގެ ޓެކް ޖަޔަންޓް ކުންފުނި ސެމްސަންގުއިން ރާވަމުންދަނީ ގެލެކްސީ އެސް23 އަށް އެކިއެކި ކުރިއެރުންތައް ގެނައުމަށެވެ.

މިފަދަ މައުލޫމާތުތައް ހާމަކުރުމުގައި މަޝްހޫރު ޓިޕްސްޓަރަކު ޓްވިޓާގައި ބުނި ގޮތުގައި ގެލެކްސީ އެސް23 އަދި ގެލެކްސީ އެސް23+ ގައި ވެސް 1750 ނިޓްސް އާއި ހަމައަށް ޕީކް ބްރައިޓްނެސް ލިބޭ އާ ޑިސްޕްލޭ ޕެނަލެއް ހުންނާނެއެވެ. އަދި، ގެލެކްސީ އެސް23 އަލްޓްރާގައި 2000 ނިޓްގެ ޕީކް ބްރައިޓްނެސް އެއް ލިބޭ މަތީ ފެންވަރުގެ ޑިސްޕްލޭއެއް ހުންނާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ގެލެކްސީ އެސް23 އަލްޓްރާގައިވެސް ހިމަނާނީ ގެލެކްސީ އެސް22 އަލްޓްރާގައި ބޭނުންކުރި ސައިޒްގެ 5،000 އެމްއޭއެޗްގެ ބެޓެރީ ޕެކެއް ކަމަށް ބެލެވެއެވެ. މިއީ މީގެ ކުރިން 2020 ވަނަ އަހަރު ނެރުނު ގެލެކްސީ އެސް20 އަލްޓްރާ އަށް ފަހު ހިފެހެއްޓިފައިވާ ސްޓޭންޑަޑް މިންގަޑެއްކަމަށް ބެލެވެއެވެ.

ގެލެކްސީ އެސް23 އާއި ގެލެކްސީ އެސް23 ޕްލަސްގެ ބެޓެރީ ސައިޒުތަކަށް ކުޑަ ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، އެ ދެފޯނުވެސް ނެރޭނީ 3،900 އެމްއޭއެޗްގެ ބެޓެރީ ޕެކަކާ އެކު ކަމަށް ބެލެވެއެވެ. އަދި އެކުންފުނީގެ ފަހުގެ އެހެން ސީރީޒެއްގައި 4،700 އެމްއޭއެޗްގެ ބެޓެރީ ޕެކެއް ހިމެނޭ ކަމަށް ބެލެވެއެވެ.

އެސް 23 ގެ ސީރީސްގެ ޗާޖިން މެތަޑަށް ބަލާއިރު، ބޭސް ވެރިއަންޓްގައި އަދިވެސް 25 ވޮޓްގެ ފަސްޓް ޗާޖިން އަދި އެސް23+ ވެރިއަންޓްގައި ކުރީގެ ޖީލާ އެއްގޮތަށް 45 ވޮޓް ފަސްޓް ޗާޖިން ހުންނާނެ ކަމަށްބެލެވެއެވެ. ދެ މޮޑެލްގައި ވެސް ކީ ވައިލެސް ޗާޖިން އާއި ވައިލެސް ޕަވަރޝެއާ ރިވަރސް ޗާޖިން ފީޗާ ވެސް ހުންނާނެއެވެ.

ތަފާތު ބްރޭންޑްތަކުގެ ފޯނުތައް އަހަރުން އަހަރަށް ނެރެމުންދާއިރު، ސެމްސަންގަކީ ވަރަށް ގިނަ ދިވެހިން ގެންގުޅޭ އެފޯނުތަކަކަށް ދިވެހިންގެ ލޯބި ލިބިފައިވާ ހާއްސަ ބްރޭންޑެކެވެ.