މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އިމާރާތެއް އެޅުމަށް، ހުޅަމާލެއިން އެ ބޭންކަށް ބިމެއް ދީފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ލިބޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ޓަކައި ކުރާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި އެ ބޭންކުގެ އޮފީހެއް ތަރައްގީކޮށް ހިންގުމަށްޓަކައި އެމްއައިބީއަށް ބިމެއް ދިނުމަށް އެ ބޭންކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ބޭންކުގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އެ ބިމުގައި އަޅާ އޮފީސް ކުރިއަށް އޮތްތަނުގައި ވެގެންދާނީ އެ ބޭންކުގެ ހެޑް އޮފީހަށް ކަމަށެވެ.

މީގެ ހަފުތާއެއް ކުރިން އެމްއައިބީން ވަނީ ހުޅުމާލޭ ވަން އެވެނިއުގެ އެންމެ ތިރީ ފުލޯގައި ހުންނަ އޮފީހަކުން ވެސް ޚިދުމަތް ދޭން ފަށާފައެވެ.