މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް ކ.ގާފަރު ފަރަށް އަރައިފި އެވެ.

ފުލުހުން ބުނީ މިރޭ 7:30 އެހާއިރު ގާފަރުު އިރުމައްޗާ ދިމާ ބޭރުފަރަށް އަރާފައިވަނީ މުދާ ބަރުކޮށްގެން ނ އަތޮޅަށް ދަތުރުކުރި ފައުނު ދޯނި ކަމަށެވެ. ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށެވެ.

އެ ދޯނި ފުންކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.