10 Apr 2012, 20:52
ޓޫރިޒަމް ތަރައްޤީ ކުރަންސަރުކާރުން ކުއްޔަށް ދޭ ރަށްރަށާއި ބިންތަކުގައި ޢިމާރާތް ކުރަން މިހާރު ދޭ ބިމުގެ ޖާގަ، ކަނޑައަޅާ އުސޫލެއްގެ ގޮތުން 20 ޕަސެންޓުން 30 ޕަސެންޓަށް އިތުރުކުރަން ސަރުކާރުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭ ގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
ވަޒީރުންގެ މަޖިލީހުގައި މެންބަރުން ވިދާޅުވީ ޓޫރިސްޓް ފެސިލިޓީޒް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު، ރިޒޯޓްގެ ބިމުގެ ޖާގައިގެ 20 ޕަސެންޓް ހަމަވުމުން ނުވަތަ ހަމަވުމާ ގާތްވުމުގެ ސަބަބުން ގެއްލިފައިވާކަން ފާހަގަކުރޭ ކަމަށެވެ.
އަދި މާކެޓް ޑިމާންޑަށް ބޭނުންވާނެ ކަމަށް ލަފާކޮށްފައިވާ އެނދުގެ ޢަދަދު ހަމަކުރުމަށް ރަށުގެ ބިމުން ޢިމާރާތްކުރާ މިންވަރު އިތުރު ކުރުމަކީ، ރަށް ތަރައްގީ ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމުގައިވެސް މެންބަރުން ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރުން އުފައްދާފައިވާ ޔުޓިލިޓީ ކުންފުނިތަކުން ދެމުންދިޔަ ޚިދްމަތްތައް ދޭން އެއް ކުންފުނި އުފައްދަން ވެސް ވަނީ ނިންމާފަ އެވެ.