ގިނަ އަދަދެއްގެ ވަޑާމުގެ ސާމާނާ އެކު ބަޔަކު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައެއް ތަކެތި ފުލުހުން މީޑިއާ އަށް ދައްކާލައިފި އެވެ.

ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ވަޑާމުގެ ސާމާނުތަކުގެ ތެރޭގައި ކުދި ޖަނެރޭޓަރާއި ކަރަންޓް ކީހާއި ކަރަންޓް ބުރުމަލާއި މާކަރީ ލައިޓް ހިމެނެ އެވެ. އޭގެ އިތުރުން އައިސްއަލަމާރި އާއި ދޮންނަ މެޝިނެއްގެ އިތުރުން މައިކްރޯވޭވް އަވަނާ އެކު ހިމެނޭ އުނދުނެއް ވެސް ހިމެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ވަޑާމުގެ ސާމާނުތަކަކީ އިއްޔެ ރޭގެ ވަގުތެއްގައި ބަޔަކު ވަގަށް ނަގައިގެން ޓެކްސީއަކަށް އަރުވައިގެން ގޮސް ގެއަކަށް ބާލާފައިވާ އެއްޗިއްސެވެ. ފުލުހުންނަށް އެކަން އެނގުނީ ބަޔަކު ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން އިއްޔެ ހެނދުނު ފުލުހުން އެގެއަށް ގޮސް ފުލުހުން ބެލުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޮފިޝަލް ވިދާޅުވީ ދޮންނަ މެޝިނާއި އުނދުނާއި އައިސްއަލަމާރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މީގެ ދެމަސްކުރިން ކަމަށާއި އެތަކެތީގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.