10:00


ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި 17 އަހަރުގެ ކުއްޖަކަށް އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެ އެވެ.  


މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ތިން މީހުންގެ ތެރެއިން އެކެއްގެ މެޔަށް، އަދި އަނެއް މީހާގެ ފަޔަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އައިޖީއެމް ހޮސްޕިޓަލުން އަދި ނުދެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހެންވޭރު ދަނޑުގައި، ރޭ އިރާކޮޅު ހިނގި އެ މާރާމާރީގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެ މައްސަލައާ ގުޅިގެން 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ ނުވަ މީހަކު ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މާރާމާރީ ހިންގީ ފުޓްބޯޅަ ކުޅެމުން ދިޔައިރު އެ ސަރަހައްދުގައި ތިބި ބައެއްގެ މެދުގައި ކަމަށެވެ.