ވަޓްސްއެޕަކީ އެތައް މިލިއަން އެކްޓިވް ޔޫޒަރުންނާއެކު އެންމެ މަގުބޫލު އެއް އިންސްޓަންޓް މެސެޖިން އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަނުން މިހާރުވެސް ބޭނުންތެރި ގިނަ ފީޗާތަކެއް ލިބެން ހުންނަ ނަމަވެސް އެ ޕްލެޓްފޯމް ބޭނުންކުރާ ޔޫޒަރުންނަށް ނުލިބޭ އެއް ފީޗާއަކީ ސޭވް ނުކުރާ ނަންބަރުތަކަށް މެސެޖް ފޮނުވުމެވެ.

ސޭވް ނުކުރާ ފޯނު ނަންބަރަކަށް ވަޓްސްއެޕްގައި މެސެޖް ފޮނުވޭނެ އެއްވެސް ގޮތެއް ނެތެވެ. އެހެންކަމުން ވަޓްސްއެޕުން މީހަކަށް ވަކިން މެސެޖެއް ފޮނުވަން ބޭނުންނަމަ އެންމެ ފުރަތަމަ ޖެހޭނީ އެމީހެއްގެ ކޮންޓެކްޓް ސޭވްކުރާށެވެ. މިއީ ބައެއް މީހުން އެހާ ގަޔާވާކަމަކަށް ނުވެދާނެއެވެ. އެހެންކަމުން އެފަދަ ހާލަތްތަކުގައި މެސެޖު ކުރަން ހެދޭނެ ގޮތްތަކުގެ ތެރޭގައި:

ފޯނު ނަންބަރު ސޭވް ނުކޮށް ވެބް ބްރައުޒާ މެދުވެރިކޮށް ވަޓްސްއެޕް މެސެޖް ފޮނުވުން:

- ފޯނުން ކޮންމެވެސް ވެބް ބްރައުޒާއެއް ހުޅުވާށެވެ.

- ދެން "http://wa.me/91xxxxxxxxxx" ލިންކް ޓައިޕްކޮށް 'އެންޓާ'އަށް ފިތާލާށެވެ. (ފުރަތަމަ ކަންޓްރީ ކޯޑާއެކު "XXXXX" ގައި ފޯނު ނަންބަރު ޓައިޕް ކުރާށެވެ. މިސާލަކަށް "https://wa.me/9601125387".

- ޔޫއާރުއެލްގައި ނުވަތަ އެޑްރެސް ބާގައި ނަންބަރު ޖެހުމަށްފަހު ލިންކް ހުޅުވަން އެންޓާއަށް އޮބާލާށެވެ.

- ވަޓްސްއެޕް ސްކްރީނަށް ރީޑައިރެކްޓް ވުމުން ދެން "ކޮންޓިނިއު ޗެޓް" ލިޔެފައިވާ ފެހި ކުލައިގެ ބަޓަނަށް ފިތާލާށެވެ.

- ކުރިން ލިޔުނު މޯބައިލް ނަންބަރުގެ ވަޓްސްއެޕް ޗެޓް ވިންޑޯއެއް ހުޅުވޭނެއެވެ. މިހާރު އެ ނަންބަރަށް މެސެޖު ފޮނުވޭނެއެވެ.

ޓްރޫކޯލާ ބޭނުންކުރުން:

ޓްރޫކޯލާ ބޭނުންކުރާނަމަ، ކޮންޓެކްޓް ނަންބަރު ސޭވް ނުކޮށް ސީދާ މެސެޖް ކުރުމަށް ފަސޭހަވާނެއެވެ.

- ޓްރޫކޯލާ އެޕް ހުޅުވާށެވެ.

- ސާޗް ބާގައި ޗެޓްކުރަން ބޭނުންވާ މީހާގެ ފޯނު ނަންބަރު ޖަހާށެވެ.

- މެސެޖް ފޮނުވަން ބޭނުންވާ މީހާގެ ޓްރޫކޯލާ ޕްރޮފައިލް ހުޅުވޭނެއެވެ.

- ދެން ތިރިއަށް ސްކްރޯލްކޮށް، ޕްރޮފައިލްއިން ފެންނަން ހުރި ވަޓްސްއެޕް ބަޓަނަށް އޮބާލާށެވެ.

- ވަޓްސްއެޕް ޗެޓް ވިންޑޯ ހުޅުވޭނެއެވެ.

- ކޮންޓެކްޓް ނަންބަރު ސޭވް ނުކޮށް މިހާރު މެސެޖު ކުރެވޭނެއެވެ.

ސިރީ ޝޯޓްކަޓް (އައިފޯނަށް ޚާއްސަ):

މިއީ އައިފޯން ބޭނުންކުރާ މީހުންނަށް ވަޓްސްއެޕް މެދުވެރިކޮށް ސޭވް ނުކުރާ ކޮންޓެކްޓަކަށް މެސެޖް ކުރެވޭނެ ގޮތެކެވެ.

- އައިފޯންގައިވާ އެޕަލް ޝޯޓްކަޓްސް އެޕް ހުޅުވާށެވެ.

- "އެޑް ޝޯޓްކަޓް" ބަޓަންއަށް ފިތާލާށެވެ.

- ދެން 'ނޮން ކޮންޓެކްޓް ޝޯޓްކަޓް'އަށް ވަޓްސްއެޕް އިންސްޓޯލް ކުރެވޭނެއެވެ.

- ޝޯޓްކަޓް އިންސްޓޯލްވުމުން، އެއަށް ފިތާލާށެވެ.

- "ޗޫޒް ރިސެޕިއެންޓް" އޭ ކިޔާ ޕޮޕްއަޕެއް ފެންނާނެއެވެ.

- "ޗޫޒް ރެސިޕިއެންޓް" އެރުމުން ކަންޓްރީ ކޯޑް (+960 ދިވެހިރާއްޖެ) އާއެކު ނަންބަރު ޖަހާށެވެ.

- އެއަށްފަހު، އެ ނަންބަރަކަށް ވަޓްސްއެޕް ޗެޓެއް ހުޅުވޭނެއެވެ. އަދި އެ މީހާއަށް މެސެޖު ކުރެވޭނެއެވެ.