25 Dec 2022, 18:35
އެސްޓީއޯއިން ބާއްވާ އަހަރުގެ އެންމެ ބޮޑު ސޭލް، 'އެސްޓީއޯ ވެއާހައުސް ސޭލް'، އިއްޔެ ފަށައިފިއެވެ.
އިއްޔެ ފެށި އެ ސޭލް މިފަހަރު ބާއްވަނީ ޏ. ފުވައްމުލަކު އެޑިއުކޭޝަން ސެންޓަރުގައެވެ. އެ ސޭލް ރަސްމީކޮށް ހުޅުވައިދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް އެވެ.
އެސްޓީއޯއިން އިއްޔެ ފެށި އެ ސޭލް ބާއްވާފައިވަނީ ހަވީރު 04:00އިން އިރުއޮއްސި 06:00އަށެވެ. އަދި ރޭގަނޑު 08:00އިން 10:00އަށެވެ. މިއަދު ވެސް ސޭލް ކުރިއަށްދާނީ އެވަގުތުތަކުގައެވެ.
އެ ސޭލްގައި އެސްޓީއޯއިން އެތެރެކޮށް ވިއްކާ އެއްޗެހިން ވަރަށް ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން ބަދިގެއަށް ބޭނުންވާ ތަކެއްޗާއި، ގޭތެރެއަށް ބޭނުންވާ ގިނަ އެއްޗެހި، އެ ސޭލްއިން ލިބޭނެކަން އެސްޓީއޯއިން ފާހަގަކުރެއެވެ.
އޭގެ އިތުރުން އެސްޓީއޯއިން އަލަށް ތައާރަފު ކުރި ބަދިގެއަށް ބޭނުންވާ ތަކެއްޗަށް ޚާއްސަ ބްރޭންޑް، 'ރަސަލް ހަބްސް' ބްރޭންޑާއި ރީތިވާން ބޭނުކުރާ ތަކެތި ވިއްކާ 'ރެމިންގްޓަން' ބްރޭންޑުގެ ތަކެތިވެސް ހެޔޮ އަގުތަކެއްގައި ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ އިން ބާއްވާ އަހަރުގެ އެންމެ ބޮޑު ސޭލް، 'އެސްޓީއޯ ވެއާހައުސް ސޭލް'--- ފޮޓޯ/ އެސްޓީއޯ
އެގޮތުން 'ރަސަލް ހަބްސް' ބްރޭންޑްގެ އަވަނާއި، މައިކްރޯވޭވް އަދި ޓޯސްޓަރު ފަދަ އެތައް އެއްޗެއް ޑިސްކައުންޓާއެކު ލިބޭނެ ކަމަށް އެސްޓީއޯއިން ފާހަގަކުރެވެ. އަދި 'ރެމިންގްޓަން' ބްރޭންޑްގެ ހެޔާ ޑްރަޔާ، ހެޔާ ސްޓްރެއިޓްނާ އަދި ޓްރިމަރު ވެސް އެ ސޭލްގައި ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ ސޭލުން ވިޔަފާރި ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރި 20 ފަރާތަކަށް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށެވެ. އަދި ސޭލް ހިނގަމުންދާ ވަގުތު، ކުޑަކުދިންނަށް ޚާއްސަ ގިނަ ކުޅިވަރުތައް ކުރިއަށް ދާނެކަން އެސްޓީއޯއިން ފާހަގަކުރެއެވެ.