25 Dec 2022, 16:37
އަހަރު ނިމުމާ ދިމާކޮށް މި މަހުގެ 29 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނޭކަމަށް އެ ބޭންކުން ބުނެފިއެވެ.
ޤައުމީ ބޭންކް، ބީއެމްއެލްއިން ބުނީ، މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީމަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ބޭންކް ބަންދުވާނެ ކަމަށެވެ. މީގެ ތެރެއިން ޑިސެމްބަރު 30 އަދި 31 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެދުވަހެވެ.
ބަންދުކުރުމަށްފަހު އާދައިގެ މަތިން ބީއެމްއެލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީމަހުގެ ދެ ވަނަ ދުވަހުއެވެ.
ބީއެމްއެލްއިން ބުނީ އެދުވަސްތަކުގައި ބީއެމްއެލް ބަންދުވިނަމަވެސް އިންޓަނެޓް ބޭންކިން އާއި އޭޓީއެމް މެދުވެރިކޮށް ދޭ ޚިދުމަތްތައް ލިބޭނެކަމަށެވެ. އަދި ބީއެމްއެލް ކާޑް އަދި އިންޓަނެޓް ބޭންކިން ޚިދުމަތުގައި މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ކަސްޓަމާ ސަޕޯޓް ނަމްބަރު 3330200 އަށް ގުޅައިގެން ކުރިއަށްގެންދިއުމަށް ބީއެމްއެލުން އެދެއެވެ.
ކޮންމެ އަހަރެއްގެވެސް އަހަރު ނިމޭ ދުވަސްކޮޅާ ދިމާކޮށް ބޭންކްތައް ބަންދުކުރެއެވެ. އެއީ އަހަރު ނިމޭ ދުވަހާ ދިމާކޮށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރުމަށެވެ.